22 މެއި 2020
ބްރުސެލްސް (މޭ 22) – ބެލްޖިއަމްގެ ޕްލޭމޭކަރު އެޑެން ހަޒާޑަށް ރެއާލް މެޑްރިޑުގައި ހުރެ ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރެވިދާނެ ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.
ބްރުސެލްސް (މޭ 22) – ބެލްޖިއަމްގެ ޕްލޭމޭކަރު އެޑެން ހަޒާޑަށް ރެއާލް މެޑްރިޑުގައި ހުރެ ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރެވިދާނެ ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.
ޕްރިމިއާ ލީގުގެ ޗެލްސީގައި މޮޅު ކުޅުމެއް ދެއްކި ހަޒާޑަށް މި ސީޒަނުގައި 100 މިލިއަން ޔޫރޯގެ އަގަކަށް ރެއާލަށް ބަދަލުވެ އަދި އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. ދިމާވީ އަނިޔާގެ މައްސަލަތަކެވެ. އެކަމަކު މާޓިނޭޒް ހުރީ އޭނާއާ މެދު އުއްމީދުގަ އެވެ.
"އޭނާ އަށް ރެއާލް މެޑްރިޑާ އެކު ބެލޮންޑިއޯ ކާމިޔާބުކުރެވިދާނެ، ޝައްކެއް ނެތް އެކަމާ،" މާޓިނޭޒް ބުންޏެވެ. "ބައެއް ފަހަރު އާ ކްލަބުގައި އުނދަގޫ ފެށުމެއް ކުރިމަތިވެދާނެ، އެ ކުޅުންތެރިޔެއްގެ ކިބައިގައި ހުރި ހުނަރެއް ދެއްކުމުގައި. އަހަރެން ދެކޭ ގޮތުގައި ރެއާލް މެޑްރިޑް ސަޕޯޓަރުން ތިބީ އިތުބާރުގައި ހަޒާޑް އެ ޓީމަށް ބޮޑެތި ކާމިޔާބީ ގެންނާނެ ކަމާ މެދު."
ކޮވިޑް-19 ގެ ސަބަބުން މާޗު މަހު ސީޒަން މެދުކަނޑާލިއިރު ވެސް ހަޒާޑް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އެކަމަކު އަލުން ޕްރެކްޓިސް ފެށިއިރު ހަޒާޑް ފިޓްވެފައިވާތީ ސީޒަން އަލުން ފަށާއިރު އޭނާ ފެންނާނެ އެވެ.
އުމުރުން 29 އަހަރުގެ ހަޒާޑް ވަނީ ފްރާންސްގެ ލިލް އިން 2012 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވެ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ޔުރޮޕާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އިންޑިވިޖުއަލީ އެތައް އެވޯޑްތަކެއް ހާސިލްކުރި ނަމަވެސް ބެލޮންޑިއޯ ފަދަ ބޮޑު އެވޯޑެއް ނުލިބެ އެވެ. އެކަމަކު ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދައުރަށް ފަހު ހަޒާޑަކީ އެ އެވޯޑް ހޯދަފާނެ ކަމަށް ބެލެވޭ ކުޅުންތެރިޔެކެވެ.
100 މިލިއަނަށް ގެނައި ހަޒާޑް ރެއާލުން ދޫކޮށްލައިފި
ހަޒާޑަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް
ފާޑުކިޔުން އަމާޒުވުމުން ހަޒާޑް މާފަށް އެދިއްޖެ
ހަޒާޑްގެ އަނިޔާގެ މައްސަލަތައް ދިރާސާކުރަންޖެހޭ
ރެއާލް ބަލިވިއިރު ހަޒާޑަށް އަނެއްކާ ވެސް އަނިޔާވެއްޖެ
ލީގުގެ ފުރަތަމަ މެޗު ހަޒާޑަށް ގެއްލޭނެ: ރިޕޯޓް
ހަޒާޑްގެ ދިފާއުގައި ޒިދާން ވާހަކަ ދައްކައިފި
ހަޒާޑަށް ރޮނާލްޑޯގެ މަގާމު ފޫނުބެއްދޭނެ: ވެންގާ
ހަޒާޑްގެ ފުރަތަމަ ގޯލާ އެކު ޒިދާނަށް ހިތްހަމަޖެހުން
ހަޒާޑަށް ވަގުތު ބޭނުންވޭ، ތަފާތު ދައްކާނެ: ޒިދާން