Roadha Mihaaru
އެޖެންޑާގައި ކަމެއް ނެތް، ޖަލްސާއަށް ހަ މިނެޓް!

މަޖިލީހުގައި ކަމެއް ނެތް، ޖަލްސާއަށް އެންމެ ހަ މިނިޓް!

17 އޮކްޓޯބަރ 2016

ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ކުރިއަށް ނުގެންދާތީ މަޖިލީހުގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިއަދު ބޭއްވި ޖަލްސާ ފެށިތާ ހައެއްކަ މިނެޓް ތެރޭގައި ނިންމާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ކުރިއަށް ނުގެންދާތީ މަޖިލީހުގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިއަދު ބޭއްވި ޖަލްސާ ފެށިތާ ހައެއްކަ މިނެޓް ތެރޭގައި ނިންމާލައިފި އެވެ.

އެޖެންޑާގައި ހުރި ކަންކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއުލާން ކުރެއްވުމަށް ފަހު، މިއަދުގެ ޖަލްސާ ނިންމަވާލެއްވިކަމާއި މާދަމާ ޖަލްސާއެއް އޮންނާނެ ކަން ވަނީ އަންގަވައިފަ އެވެ.

މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ހަމްދޫން އަބްދުﷲ ހަމީދު އައްޔަންކުރުމުގެ މައްސަލަ އާއި ތައިލެންޑުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ފާތުމަތު އިނާޔާ، މއ. ރެސްޓިންހައުސް، އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވުމެވެ.

އޭގެ އިތުރުން ދެން އޮތީ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް، ބިދޭސީންގެ ބޭންކް އެކައުންޓް ހުޅުވަން އިތުރު މުއްދަތު ދޭން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި ރިސޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ މެނޭޖްމަންޓް ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓް ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މިދިޔަ މަހުގެ ހައެއްގައި ފެށި ފަހުން މިހާތަނަށް ބޭއްވީ އެންމެ ދެ ޖަލްސާ އެވެ. މި ދެ ޖަލްސާގައި މާ ބޮޑު މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އެކަމަކު ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށް އެބަ ދެ އެވެ.

މިދިޔަ ހަފްތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މަޖިލީހުގެ ރައީސް އާއި ޕީޕީއެމްގެ ބައެއް މެމްބަރުން ރައީސް އަބްދުﷲ ޔާމީނާ އެކު ދަތުރުކުރެއްވީ ފުވައްމުލަކުގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ހަފުލާ އަށެވެ.

އިދިކޮޅު މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިިލީހުގެ ޖަލްސާތައް ނުބޭއްވުމުގެ ހުރިހާ ޒިންމާއެއް އުފުއްލަވަން ޖެހޭނީ މަޖިލީހުގެ ރައީސް މަސީހެވެ.