Roadha Mihaaru
މަޖިލިހުގެ ޖަލްސާތައް ފަށާނީ އެއް މަހުގެ ޗުއްޓީއަށްފަހު

މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އެއް މަހުގެ ޗުއްޓީއަކަށް ފަހު

22 އޯގަސްޓް 2016

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި މަހުގެ ތެރޭގައި ދެން ބާއްވާނެ ކަމަށް ނުބެލެވޭތީ އާއި އަންނަ މަހުގެ 1 އިން ފެށިގެން މަޖިލިސް ޗުއްޓީ އަށް ދާނެތީ، ދެން ޖަލްސާތައް ފަށާނީ މަހެއްހާ ދުވަސް ފަހުންނެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި މަހުގެ ތެރޭގައި ދެން ބާއްވާނެ ކަމަށް ނުބެލެވޭތީ އާއި އަންނަ މަހުގެ 1 އިން ފެށިގެން މަޖިލިސް ޗުއްޓީ އަށް ދާނެތީ، ދެން ޖަލްސާތައް ފަށާނީ މަހެއްހާ ދުވަސް ފަހުންނެވެ.

މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ޖަލްސާތައް މި މަހު ބާއްވާނެ ކަމަކަށް ނުބެލެވެ އެވެ. މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ އެޖެންޑާ ކުރާނެ ކަމެއް ނެތިގެން ކަމަށް ވެސް ބައެއް މެމްބަރުން މިއަދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މި ހަފްތާގެ ތިން ދުވަހާއި އަންނަ ހަފްތާގެ ތިން ދުވަހާއެކު މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިމުމަކަށް އަންނާނެ އެވެ. ޖަލްސާތައް އާންމު ގޮތެއްގައި ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެއްގަ އެވެ. ނަމަވެސް އެޖެންޑާ ކުރާނެ ކަމެއް ނެތިގެން މިއަދުގެ ޖަލްސާ ނުބާއްވަ އެވެ.

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ މަޖިލިސް ރިސެސްއަށް ދިޔަކަން އެ އިދާރާއިން ރަސްމީކޮށް އިއުލާން ނުކުރާ ކަމަށެވެ. އަދި މި މަސް ހުސްވުމާއެކު އަންނަ މަހުން ފެށިގެން މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ޗުއްޓީއެއް ލިބިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ ނިޔަލަށް ބާއްވަން ޖެހެ އެވެ. އަދި ސެޕްޓެމްބަރު އެކަކުން ފެށިގެން އެއް މަސް ދުވަހުގެ ޗުއްޓީއެއް މެމްބަރުންނަށް ލިބޭނެ އެވެ.

މަޖިލީހުގެ މެމްބަރުންތަކެއް. މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އޮކްޓޯބަރު މަހުގައި ކަމަށް ބެލެވޭ. - ފޮޓޯ: މަޖިލިސް

މަޖިލީހުގެ މެމްބަރުންތަކެއް. މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އޮކްޓޯބަރު މަހުގައި ކަމަށް ބެލެވޭ. - ފޮޓޯ: މަޖިލިސް

"ރަސްމީކޮށް އަދި ނާންގާ މަޖިލިސް މެމްބަރުން ޗުއްޓީއަށް ދިޔަ ކަން، މި މަސް ނިމުނީމަ ޗުއްޓީއަށް ދާނެ، އަދި އޮކްޓޯބަރުގައި ޖަލްސާތައް ފަށާ ގޮތަށް ގަވާއިދުގައި އޮތީ،" އަހުމަދު ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހުގެ ހަތެއްގައި ދެވަނަ ދައުރުގެ ޖަލްސާތައް ފެށިއިރު، މިހާތަނަށް ބޭއްވީ 17 ޖަލްސާ އެވެ. އަދި އެޖެންޑާ ކުރާނެ ކަމެއް ނެތިގެން ގިނަ ޖަލްސާތަކެއް ނުބާއްވާ ކެންސަލް ކުރަން ޖެހުނެވެ.

މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވާއިރު، ރައްޔިތުންނާ ގުޅޭ ގިނަ ބިލުތަކަކާއި އިސްލާހުތަކެއް ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. އަދި މަޖިލީހުން ފާސް ކުރި ބައެއް ބިލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިއުން މަޖިލީހުގެ ބައެއް މެމްބަރުންނަށް ދަނީ އަމާޒުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މި މަހު ޖަލްސާއެއް ނުބާއްވައިފިނަމަ، މަޖިލިސް ރިސެސްއަށް ދާނެ.. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މި މަހު ޖަލްސާއެއް ނުބާއްވައިފިނަމަ، މަޖިލިސް ރިސެސްއަށް ދާނެ.. - ފޮޓޯ: މަޖިލިސް

މަޖިލީހުން ފާސްކުރި މުހިންމު ބައެއް ބިލުތަކާއި އިސްލާހުތަކުގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ބިލާއި މުޒާހަރާ ކުރުން ހަނިކުރަން ގެނައި އިސްލާހާއި ކައުންސިލަރުންގެ އަދަދު މަދު ކުރަން ހުށަހެޅި އިސްލާހާއި ޖެންޑާ އިކުއަލަޓީ ބިލާއި ބިދޭސީންގެ މުސާރަ އިން ޓެކްސް ނެގުމާއި މުސާރަ ބޭންކަށް ޖަމާކުރަން މަޖުބޫރުކުރާ އިސްލާހާއި ފުރަތަމަ ފްލެޓަށް ޓެކްސް މައާފުވާ އިސްލާހު ހިމެނެ އެވެ.

މީގެ ތެރެއިން ބައެއް ބިލުތަކަކީ މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނު ބިލުތަކެކެވެ. އެގޮތުން ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަންގެ މެމްބަރުންގެ މެދުގައި ބޮޑު މައްސަލަތަކެއް އުފެދި، އެ މައްސަލަތައް މިހާތަނަށް އައިއިރު، ހައްލުވެފައެއް ނުވެ އެވެ. އަދި ވިޕާ ހިލާފަށް ވޯޓު ދެއްވި ބައެއް މެމްބަރުންނާ ތަފާތު ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި މައްސަލަ އުފެދިފައި ވާއިރު، ޕާޓީގެ އެތެރޭގައި ވެސް ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފަ އެވެ. އެކަން ހައްލުކުރަން ކޯޓަށް ހުށަހަޅައި މިހާރު ވަނީ ޝަރީއަތް ފަށައިފަ އެވެ.