Roadha Mihaaru
ލިންބާގްގެ ވެރިޔާ 1،000 ޕީޕީއީ ކިޓު ހަދިޔާކޮށްފި

ލިންބާގް ހޯލްޑިންގެ ވެރިޔާ މިފަހަރު ހަދިޔާ ކުރީ 1،000 ޕީޕީއީ ކިޓު

04 ޖޫން 2020

މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ލިންބާގް ހޯލްޑިންގެ ވެރިޔާ ވިރާ ލިން ކަ ޗޮކްގެ ފަރާތުން ރާއްޖެ އަށް 1،000 ޕީޕީއީ ކިޓު ހަދިޔާ ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ލިންބާގް ހޯލްޑިންގެ ވެރިޔާ ވިރާ ލިން ކަ ޗޮކްގެ ފަރާތުން ރާއްޖެ އަށް 1،000 ޕީޕީއީ ކިޓު ހަދިޔާ ކޮށްފި އެވެ.

މި ކިޓުތައް އޭނާގެ ފަރާތުން ސަރުކާރާ ހަވާލު ކުރެެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. އަދި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންް އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަން އެވެ.

ލިންބާގުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ކިޓުތަކަކީ ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް ފްރަންޓު ލައިނުގައި މަސައްކަތް ކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރިންނަށް ހަދިޔާ ކުރި ކިޓުތަކެއް ކަމަށެވެ. ކޮންމެ ކިޓެއްގައި ސާޖިކަލް ގައުނަކާއި ބޫޓު ކަވަރަކާއި ސްކާފެއް ހިމެނޭނެ އެވެ.

މެމްބަރު ނާޒިމް ކުރެއްވި ޓްވީޓެއް-

އިމާރާތްކުރުމާއި އިންޖިނިއަރިން އާއި ތައުލީމީ ދާއިރާ އަށް އިންވެސްޓު ކުރަމުން އަންނަ ލިމްބާގުން ވަނީ މިިދިޔަ މެއި މަހު ވެސް ރާއްޖެ އަށް 60،000 މާސްކު ހަދިޔާކޮށްފަ އެވެ. އޭނަ ވަނީ މެލޭޝިއާ އަށް ވެސް މި ދަނޑިވަޅު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވިރާ ލިން ކަ ޗޮކް ބުނިގޮތުގައި އޭނާ ބޭނުންވަނީ ސަރުކާރާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށެވެ. އެގޮތުން މި އަހަރު ފަހު ކޮޅު ކ. ގުރައިދޫގައި ހޮޓަލެއް އެޅުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭން ކޮވިޑް-19އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވުމަށް ރައްޖޭން ބޭރުގެ އެކި އިންވެސްޓަރުންގެ ފަރާތުން އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ރާއްޖޭގައި ރިސޯޓުތައް ހިންގާ ކުންފުނިތައް ވެސް ހިމެނެ އެވެ.