މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިފި އެވެ.
27 ޖޫން 2020
މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިފި އެވެ.
ޕްލޭނިން އެންޑް ނޭޝަނަލް އިންފްރާސްޓްރަކްޗާގެ މަގާމުގައި އަސްލަމް ހުންނަވަނިކޮށް ހައުސިން މިނިސްޓްރީ އުވާލައްވައި، އެ މިިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރެއްވުމުން މިނިސްޓްރީގެ މަސައްކަތްތަކާއި ނަމަށް އައި ބަދަލާ އެކު، އެ މަގާމަށް އަލުން އަސްލަމް ވަނީ އައްޔަން ކުރައްވައިފަ އެވެ. އެހެންވެ، އޭނާއަށް ރުހުން ހޯދަން މަޖިލީހަށް ވެސް ފޮނުވި އެވެ.
އަސްލަމަށް ރުހުން ދޭން ފެންނަ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިދިޔަ ހަފުތާގައި ނިންމީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ހައުސިން މިނިސްޓްރީ އުވާލައްވައި، ޕްލޭނިން މިނިސްޓްރީގެ ދަށަށް މަސައްކަތްތައް ބަދަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ހައުސިން މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އާތިފާ އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ.
އެ ބަދަލު ގެނައުމާ އެކު، ޕްލޭނިން މިނިސްޓްރީއަކީ މި ސަރުކާރުގައި މިހާރު އެންމެ ބޮޑު މަސްއޫލިއްޔަތު ހަވާލު ވެފައިވާ މިނިސްޓްރީއަށް ވަނީ ވެފަ އެވެ.
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
ރަނގަޅު ނޫނަސް ސިޔާސީ ލީޑަރުން ބޭނުމީ ހިލޭ ގޯތި ދޭން
"ގޯތި ފޯމުތަކުގެ އިވެލުއޭޝަން ޖޫން ކުރީކޮޅު ނިމޭނެ"
އެހެން ރަށްރަށުން ވެސް ގޯތިދެވޭ އުސޫލެއް އޮންނަން ޖެހޭ
ގޯތި ދޫކުރަން މި މަހު 26 ގައި ހުޅުވާލާނެ: އަސްލަމް
މާލޭން ގޯތި ލިބޭ މީހުންނަށް އޮތީ ހަތަރު ޝަރުތެއް
ގޯތިދޫކުރުމުގެ އުސޫލާ މެދު މެމްބަރުންނާ މަޝްވަރާކުރަނީ
އެފްޑީސީގެ ފްލެޓްތައް ހާއްސަކުރަނީ މާލޭގެ މީހުންނަށް
އަސްލަމްގެ ހުވަފެނެއް: ރަށްރަށުގައި މޫދު ގެތަކެއް