އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ ކައިރިން ވަރިވާން އަންހެނުން އާލިއާ ކޯޓަށް ހުށަހަޅައި، ދަރިންނަށް ހަރަދުނުކުރާ ކަމަށް ބުނާ ވާހަކަ ނަވާޒުއްދީންގެ ވަކީލު އަދުނާން ދޮގުކޮށްފި އެވެ.
29 ޖޫން 2020
އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ ކައިރިން ވަރިވާން އަންހެނުން އާލިއާ ކޯޓަށް ހުށަހަޅައި، ދަރިންނަށް ހަރަދުނުކުރާ ކަމަށް ބުނާ ވާހަކަ ނަވާޒުއްދީންގެ ވަކީލު އަދުނާން ދޮގުކޮށްފި އެވެ.
އޭނާއާ ހަވާލާދީ މީޑިއާތަކުން ބުނީ އާލިއާ ވަރީގެ މައްސަލަ ކޯޓަށް ހުށަހެޅި އިރު، ނަވާޒުއްދީނާ ބެހޭ ގޮތުން ދޮގު އެތައް ތުހުމަތެއްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ދަރިން ކަމަށްވާ ޔާނީ އާއި ޝޯރާ އަށް ހަރަދު ނުދިނުމާއި ފިރިއެއްގެ ޒިންމާ އަދާނުކުރުމުގެ އިތުރުން ނަވާޒިއްދީނަކީ އަނިޔާވެރި ފިރިއެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކައިވެނީގެ ބޭރުން ސިއްރު ގުޅުންތައް ބާއްވައި، ބޭވަފާތެރިވެފައިވާ ކަމަށާއި އާލިއާގެ އާއިލާއާ ދޭތެރޭ ވެސް ނަވާޒުއްދީން ވަރަށް އިހާނެތިކޮށް ހިތާފައިވާ ކަމަށް ބުނެފައިވެ އެވެ.
އާލިއާ (އަންޖަލީ ކިޝޯރް ޕާންޑޭ) ގެ ތުހުމަތުތަކާ ގުޅިގެން އަދުނާނު ވިދާޅުވީ ނަވާޒުއްދީނަކީ ބައްޕައެއްގެ ޒިންމާ ފުރިހަމަ އަށް ނަގަމުން އަންނަ މީހެއް ކަމަށާއި ހަރަދުނުކުރާ ކަމަށް ބުނެ ވާހަކަ އަކީ އެކްޓަރުގެ އަގު ވައްޓާލަން ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. އެހެންވެ ކޯޓްގައި އާލިއާގެ ވާހަކަތަކަކީ ދޮގުކަން ސާބިތުކޮށް ދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާލިއާ އާއި ނަވާޒުއްދީންގެ 11 އަހަރުވީ ކައިވެނި ރޫޅައިލަން ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ތެރޭގަ އެވެ. މި މައްސަލާގައި ފަހުން އާލިއާ މީޑިއާތަކަށް ބުނެފައި ވަނީ ނަވާޒުއްދީންގެ ގާތުން ވަރިވާން ނިންމީ އެކީގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.
އެކަމަކު ވަރިވާން ކޯޓަށް ދިޔައީ އެކްޓަރުގެ އަތުން ބަދަލަކަށް ބޮޑު އަދަދަކަށް މާލީ މަންފާ ހޯދުމަށާއި ސިއްރު ލޯބީގެ ގުޅުމެއް އެހެން މީހަކާ އެކު ބާއްވަމުންދާ ކަމަށް ބުނެ އޭނާގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވަމުންދާ ކަމަށް ބުނެފައިވެ އެވެ.
ނަވާޒުއްދީން މި ވަގުތު އޭނާގެ އުފަން އަވަށް ކަމަށްވާ އުއްތަރު ޕްރަދޭޝްގެ މުޒައްފަރުޕޫރްގެ ބުދާނާގައި އުޅެމުން އަންނަ އިރު، އާލިއާ އާއި ދެ ކުދިން ތިބީ މުމްބާއީގަ އެވެ. ނަވާޒުއްދީން މި ވަގުތު އެންމެ ގަޔާވެގެން ކުރާ ކަމަކީ ދަނޑު ހެއްދުމެވެ. އޭނާ ވަނީ އެ މަސައްކަތުގައި އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ދާދި ފަހުން އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.
ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް
އާމިރާއި ސަންޖީދާ ވަރިވެއްޖެ
ފަރުހާނާއި ޝިބާނީގެ ކައިވެނި މާޗުގައި
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
ޝިލްޕާ އާއި ރާޖް ވަރިވަނީ؟
ރާޖް އާއި ޕަޓްރަލޭކާ ކައިވެނިކޮށްފި
ވަރިވާން އުޅޭ ވާހަކަ ދައްކާތީ ޝިލްޕާ ހިތްހަމައެއްނުޖެހޭ
މަންމަ އާއި ބައްޕަ ވަރިވުމުން ވީ ފައިދާ: ސާރާ: