ހދ. ކުޅުދުއްފުއްޓަށް މިއަދު ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.
24 ޖުލައި 2020
ހދ. ކުޅުދުއްފުއްޓަށް މިއަދު ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.
އެ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ، ހަތަރު ގަޑިއެއްހާ އިރުވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ ތިން ސަރަހަދެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. އެއީ، ވާރޭގައި އަބަދު ވެސް ފެންބޮޑުވާ ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ހެނދުނު ހަތެއް ޖަހާކަންހާއިރު ވެހެން ފެށި ވާރޭ ހުއްޓާލީ 11 ޖަހާކަންހާއިރެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ފެންބޮޑުވެގެން ހަ ގެއަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެތަނުން އެއް ގެއިން މީހުން ހުސްކޮށް، ގެސްޓް ހައުސްއަކަށް ބަދަލުކޮށްފައިވާއިރު، ނަޖިސް ލީކުވެގެން ތިން ގެއަކުން ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ގެތަކުގައި ފޫޓެއްހާ ވަރަށް ފެންބޮޑުވެފައި ވެ އެވެ.
☎️ ?ކުޅުދުއްފުއްޓަށް މިހާރު ކުރަމުން ގެންދާ ވިއްސާރާގައި ދިމާވެދާނެ ފެންބޮޑު ވުމުގެ ހާދިސާއަކަށް ތައްޔާރު ވުމުގެ ގޮތަުން އިމަރޖެންސީ އޮޕޮަރޭޝަން ސެންާޓަރެއް ވަނީ ޤާއިމް ކުރެވިފައި
— Kulhudhuffushi Council (@KfCityCouncilmv) July 24, 2020
⛈??ފެންބޮޑުވެ އެހީތެރިކަމަށް ބޭނުން ވެއްޖެނަމަ 6527178އަށް ގުޅުއްވުން އެދެން pic.twitter.com/1DvcNgToAC
"ތިން ސަރަހައްދެއްގައި ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަނީ. ގޭގައި ހުރި ފަރުނީޗަރު ފަދަ އެއްޗިއްސަށް ފެން އެޅި ހަލާކުވެފައި ހުރީ،" ލަތީފު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އާއްމުކޮށް ފެންބޮޑުވަނީ ރަށުގެ ހުޅަނގު ދެކުނު ކަންމައްޗާއި ހުޅަނގު އުތުރު އަދި ދެކުނު އިރުމަތީގަ އެވެ. އެ ތަންތަނުގައި ފެން ބޮޑުވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ގައި ހިއްކި ސަރަހައްދު، ރަށަށް ވުރެ އުސްވުމުން ކަމަށް ކައުންސިލުން ބުންޏެވެ.
ދިމާވެދާނެ ފެންބޮޑުވުމުގެ ހާދިސާއަކަށް ތައްޔާރުވުމަށް މިހާރު ވަނީ ކުޅުދުއްފުށީ ކައުންސިލްގައި އިމަޖެންސީ އޮޕޮަރޭޝަން ސެންޓަރެއް ގާއިމްކޮށްފަ އެވެ. އެހީތެރިކަމަށް ބޭނުންވެއްޖެނަމަ 6527178 އަށް ގުޅުމަށް ކައުންސިލުން އެދެ އެވެ.
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
ސިޓީކައުންސިލުގެ މަސައްކަތުން ހައްލު ނުލިބޭނެ:މުއްތަލިބް
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހުވަދުއަށް އޮރެންޖު އެލާޓް