މީރުބަހުރު ބަނދަރު ސަރަހައްދުން ދޫކޮށްފައިވާ ފިހާރައަކަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 13.2 މިލިއަން ރުފިޔާ ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
16 ސެޕްޓެމްބަރ 2020
މީރުބަހުރު ބަނދަރު ސަރަހައްދުން ދޫކޮށްފައިވާ ފިހާރައަކަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 13.2 މިލިއަން ރުފިޔާ ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމްޕީއެލް އިން އިބްރާހިމް ނާއިފް ނަމަކަށް ކިޔާ މީހަކަށް ކުއްޔަށް ދޫކޮށްފައިވާ "ޝޮޕް ނަމްބަރު 5" އަށް އޮގަސްޓް 2015 އިން ފެށިގެން ކުއްޔެއް ނުދައްކަ އެވެ. މިިދިޔަ ފެބްރުއަރީ މަހާ ހަމައަށް އެ ފިހާރައިން ލިބެން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދަން ހުށަހެޅީ ވެސް ހަމަ އެ މަހުގެ ތެރޭގަ އެވެ. ނަމަވެސް މައްސަލައިގައި އަދި އަޑުއެހުމެއް ނުބާއްވަ އެވެ.
ކުލީގެ ގޮތުގައި ފިހާރައިން 764،322ރ. ލިބެންޖެހެ އެވެ. ޖޫރިމަނާ އަށް 12.4 މިލިއަން ރުފިޔާ އަރާފައި ވެ އެވެ.
ނާއިފަކީ، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ކެމްޕެއިންގައި އިސްކޮށް އުޅުނު މީހެކެވެ.
އެކަމާ ގުޅިގެން އެމްޕީއެލް އިން ވާހަކައެއް ނުދެއްކި އެވެ.
އެ ކުންފުނިން ވަނީ އެ ކުންފުނިން ދޫކޮށްފައިވާ ފިހާރަތަކުން ކޮވިޑް-19 އާ ގުޅިގެން މިދިޔަ މެއި މަހާއި ޖޫން މަހުގެ ކުލިން 30 ޕަސެންޓް މައާފުކޮށްދީފަ އެވެ.
ޝަރުއީ ގޮތުން މައުމޫނާ ޕީޕީއެމް ހަވާލެއް ނުކުރެވޭނެ
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
މަލީހް މާލެއިން ބިމެއް ބައްލަވައިގެންފި
މުހަންމާ ފަސް މިލިއަނުގެ ދަރަންޏެއް އަދާކުރަން ހުކުމެއް
އީޓުކުރީގެ ހާއްސަ ސްޓޯލެއް ރަށު އެކްސްޕޯގައި
14މަސް ތެރޭ 44މިލިއަން ދައްކަން ފެނަކައަށް ހުކުމެއް
ދައުލަތުން ދެ މިލިއަން ޑޮލަރު ދޭން ހައިކޯޓުގެ ހުކުމެއް
32 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ހުކުމެއް
މިދިޔަ އަހަރު ސިވިލް ކޯޓުން ނުނިމި 4،700 މައްސަލަ
ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހުއްޓުވައިފި