ޝިކާގޯ (އޮކްޓޯބަރު 29) - އެމެރިކަން އެއާލައިންސްގެ މަތިންދާ ބޯޓެއް ޝިކާގޯގެ އޯ ހާރޭ އެއާޕޯޓުން ނައްޓާލަން ރަންވޭމަތިން ދަތުރުކޮށްފައި ދަނިކޮށް ބޯޓުގައި އަލިފާން ރޯވެއްޖެ އެވެ.
29 އޮކްޓޯބަރ 2016
ޝިކާގޯ (އޮކްޓޯބަރު 29) - އެމެރިކަން އެއާލައިންސްގެ މަތިންދާ ބޯޓެއް ޝިކާގޯގެ އޯ ހާރޭ އެއާޕޯޓުން ނައްޓާލަން ރަންވޭމަތިން ދަތުރުކޮށްފައި ދަނިކޮށް ބޯޓުގައި އަލިފާން ރޯވެއްޖެ އެވެ.
ތަހުގީގުގައި ބައިވެރިވާ އޮފިޝަލުން ބުނީ މިއާމީ އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ބޯއިން 767 ބޯޓުގައި އަލިފާން ރޯވީ އިންޖީނަށް ދިމާވި މައްސަލައަކުން ކަމަށެވެ. ބޯޓަށް މި މައްސަލަ ދިމާވުމާ ގުޅިގެން ޕައިލެޓް ވަނީ ބޯޓު ފުރުން ހުއްޓުވާ އިމަޖެންސީގައި ފަސިންޖަރުން ބާލައިފަ އެވެ. މި ހާދިސާގައި ވިއްސަކަށް ފަސިންޖަރުންނަށް ކުދި ކުދި އަނިޔާތައް ލިބުނެވެ. ބޯޓުގައި ނުވަ ފަޅުވެރިންނާއި 161 ފަސިންޖަރުން ތިއްބެވެ.
އަލިފާން ރޯވި އެމެރިކަން އެއާލައިންސްގެ ބޯޓުން އަލިފާން ނިއްވާލާފައި. --ފޮޓޯ: ރޮއިޓާސް
ފަސިންޖަރުން ބުނީ ބޯޓު ނައްޓާލަން ސްޕީޑުގައި ރަންވޭ މަތިން ދަނިކޮށް އެއްޗެއް ގޮވާ ކަޅު ދުން އަރަން ފެށި ކަމަށެވެ. އަދި އެއް ފަސިންޖަރަކު ބުނީ ބޯޓުގެ ކަނާތް ފަރާތުގައި ތިބި އެންމެން ތެދުވެގެން ވާތް ފަރާތަށް ޖެހުނު ކަމަށެވެ. އަދި އެ ވަގުތު ބޯޓުގެ ދޮރުތައް ހުޅުވުމަށް އެންމެން ވެސް ގޮވަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.
ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ފުރަތަމަ ބުނީ ބޯޓުގެ ޓަޔަރެއް ގޮވާފައިވާ ކަމަށެވެ. ނަމަވެސް ފަހުން ވަނީ އެ ބަޔާން ނަގައިފަ އެވެ.
އެލްއޭގައި ރޯވި ހިސާބަށް ވާރެޔާ އެކު ކިސަޑު ފައިބައިފި
އެލްއޭގައި އިތުރު އަލިފާންގަނޑުތަކެއް، ބާރަށް ފެތުރެނީ
އެލްއޭ އަލިފާން: މަރުވި އަދަދު 25 އަށް އަރައިފި
އޮސްކާގެ ނޮމިނޭޝަންތަައް އިއުލާންކުރުން ފަސްކޮށްފި
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
އެލްއޭގެ އަލިފާން އެހެން ހިސާބުތަކަށް ފެތުރިދާނެ!
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!
އަލިފާން ނިއްވާނެ ގޮތެއް ނެތް، ޒިންމާވާނެ މީހަކު ނެތް
ލޮސް އެންޖެލިސްގެ ނެއިބަހުޑްތައް އަނދައި އަޅިއަށް
ކޮލޮރާޑޯގެ އަލިފާނުގައި ހާހަކަށް ވުރެ ގިނަ ގެ އަޅިއަށް