ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި ހައްޔަރު ކުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) އާއި އިތުރު ހަތް މީހަކު މިއަދު ދޫކޮށްލައިފި އެވެ.
09 އޮކްޓޯބަރ 2020
ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި ހައްޔަރު ކުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) އާއި އިތުރު ހަތް މީހަކު މިއަދު ދޫކޮށްލައިފި އެވެ.
ގާތްގަނޑަކަށް 100 ކިލޯގެ ޑްރަގްސް އަތުލައިގަތް އޮޕަރޭޝަނުގައި ބޮންޑާ ހައްޔަރު ކުރީ މަސްތުވާތަކެއްޗާއެކުގައެއް ނޫނެވެ. ފުލުހުން މިއަދު ބުނީ އޭނާ އާއި އިތުރު މީހުން ދޫކޮށްލީ، ތަހުގީގަށް ބަންދުކޮށްފައި ބޭތިއްބުމަށް ނުފެންނާތީ ކަމަށެވެ. މިދިޔަ ހަފުތާގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރީ މި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ސ. ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހިމް، (އަބުޗާ) 33، އާއި ސ. ހިތަދޫ ކޯޅި މުހައްމަދު ޔާމިން ނަސީރު، 23، އެވެ.
ބޮންޑާ ހައްޔަރު ކުރީ، ކަނޑުމަތިން މަސްތުވާތަކެތި އަތުލައިގަތް ފަހުން، ހުޅުދޫ ކޯޓު އަމުރެއްގެ ދަށުން އެ ދުވަހު ހަވީރެވެ. އެކަމަކު އޭނާ ހައްޔަރު ކުރީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.
އައްޑޫ ހިތަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި، ބޮންޑާ ކުރި ކަމަކީ ހައްޔަރުކުރުމުގެ ގާތްގަނޑަކަށް ދެ ދުވަސް ކުރިން، އޮޕަރޭޝަނުގައި އަތުލައިގެން އެންމެ ވަރުގަދަ އެއް ޑްރަގު ޑީލަރު ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ)ގެ ލޯންޗު ކަނޑުމައްޗަށް ހުއްޓި ހާލުގައި ޖެހިފައިވާ ކަމަށް ބުނެ އެހީ އަށް އެދުމުން އޭނާގެ ލޯންޗުގައި ކަފުޖަހައިގެން ރަށަށް ގެނެސްދިނުމެވެ.
"ބޮންޑާ އަބަދު ކަނޑުމަތީގައި އުޅޭތީ ކޮންމެ ބަޔަކު ކަމެއް ވެގެން ގުޅާލިއަސް ދާނެ. އަބުޗާގެ ލޯންޗު ހުއްޓިގެން ގުޅީމަ ކަފުޖަހައިގެން ގެނެސްދިން. މާ ފަހުން އިއްޔެ ރަށަށް ލެފިތަނުން ކޯޓު އަމުރެއްގެ ދަށުން ބޮންޑާ ގެންދިޔައީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައި ވެ އެވެ.
އަގު 130 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ މި މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ އަބުޗާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުރިން އަށް ފަހަރު ހައްޔަރުކޮށްފަ އެވެ. މަސްތުވާތަކެތީގެ އިތުރުން ގްރޫޕް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެސް، ފުލުހުން ދިން މައުލޫމުތަކުން އެނގެ އެވެ. އަދި މާރާމާރީ ހިންގުމުގެ ދެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުރިން ހައްޔަރުކުރި ނަމަވެސް ދޫވެފައިވާ އަބުޗާ އާއި އޭނާގެ ނެޓްވޯކް އަތުލައިގަންނަން އައްޑޫގައި ހިންގި އޮޕަރޭޝަނަށް ފަހު ހުޅުމާލެ އާއި ހއ. ހޯރަފުށީގައި ވެސް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވެ އެވެ. މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ޑްރަގްސް އޮޕަރޭޝަންތަކަށް ހާއްސަކޮށް ގެނެސްފައިވާ ކުއްތާތައް ވެސް ބޭނުންކޮށްގެންނެވެ.
ބޮންޑާ ހައްޔަރުކުރީ ޑްރަގާ އެކީގައެއް ނޫން
މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު
ޑްރަގް އޮޕަރޭޝަނުން 180،000 އަށްވުރެ ގިނަ ރުފިޔާ
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!
ބޮޑު އޮޕަރޭޝަންގައި އަތުލައިގަތީ 29 ކިލޯގެ ޑްރަގް
ބޮޑު އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ތަފްސީލެއް ނެތް