Roadha Mihaaru
މާސްކާއި އަންގިތަކުން ކަނޑުފަޅު ތަޣައްޔަރު ވަނީ

މާސްކާއި އަންގިތަކުން ކަނޑުފަޅު ތަޣައްޔަރު ވަނީ

03 ނޮވެމްބަރ 2020

ކޮވިޑް-19 އާ އެކު އިންސާނުންގެ ދިރިއުޅުމަށް ގެނުވި އެތައް ބަދަލުތަކަކާ އެކު އެތައް މައްސަލައެއް ވެސް ދަނީ ފެންމަތިވަމުންނެވެ. މިހާރު ދުނިޔެ އަށް ކުރިމަތިވަމުންދާ އެންމެ ބޮޑު އެންމެ ބޮޑު އެއް މައްސަލަ އަކީ ކޮވިޑްގެ ރައްކާތެރި ކަމަށް ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިކް އިކްޕްމަންޓް (ޕީޕީއީ) ތަކުން ގައުމުތަކުގެ ކަނޑުފަޅު ތަޣައްޔަރުވުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އާ އެކު އިންސާނުންގެ ދިރިއުޅުމަށް ގެނުވި އެތައް ބަދަލުތަކަކާ އެކު އެތައް މައްސަލައެއް ވެސް ދަނީ ފެންމަތިވަމުންނެވެ. މިހާރު ދުނިޔެ އަށް ކުރިމަތިވަމުންދާ އެންމެ ބޮޑު އެންމެ ބޮޑު އެއް މައްސަލަ އަކީ ކޮވިޑްގެ ރައްކާތެރި ކަމަށް ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިކް އިކްޕްމަންޓް (ޕީޕީއީ) ތަކުން ގައުމުތަކުގެ ކަނޑުފަޅު ތަޣައްޔަރުވުމެވެ.

މާސްކާއި އަންގި އާއި އަދި އެ ނޫން ވެސް އެ ޒާތުގެ ތަކެތި ރައްކާތެރި ގޮތުގައި ނައްތާ ނުލައި އަތިރިމަތި ފަދަ ތަންތަނަށް އުކައިލަމުން ދިއުމުގެ ނަތީޖާ އަކީ އެ އެއްޗެހިން މިހާރު މޫދާއި ކަނޑުތައް ގޮނޑުވާން ފެށުމެވެ. މިއީ ޕްލާސްޓިކި ކުނުބުނީގެ މައްސަލަ ކަނޑުފަޅުތަކަށް ވަރަށް ބޮށް ދިމާވެފައި އޮއްވައި ކުރިމަތިވާން ފެށި އިތުރު މައްސަލައެކެވެ. އެހެންވެ މިއީ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހިފައިވާ ކަމެކެވެ.

މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އޯޝަން ކޮންސަވެންސީ އިން ބުނީ ސާޖިކަލް މާސްކާއި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ކުނިބުނީގެ މައްސަލަ ކޮވިޑްގެ ބަލިމަޑުކަމާ އެކު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެތަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު ދުނިޔޭގެ ފެންވަރުގައި ބާއްވާ އެނުއަލް އިންޓަނެޝަނަލް ކޯސްޓަލް ކްލީންއަޕް ހަރަކާތާ ގުޅޭ ގޮތުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު 76 ގައުމެއްގައި ކުރިއަށް ގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން 1.6 މިލިއަން ޓަނުގެ ކުނި ނެގި އިރު އޭގެ ތެރެއިން 62،210 ޓަނުގެ ކުންޏަކީ ޕީޕީއީ އެވެ.

އެހެންވެ ސާފުކުރުމުގެ މި ބޮޑު ހަރަކާތުގެ 35 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް މި އަހަރު މި ވަނީ ގޮނޑުތަކާއި މޫދާއި ކަނޑުފަޅުން ހޮވަން ޖެހިފައިވާ ކުނިބުނީގެ ތެރެއަށް ޕީޕީއީ އިތުރުކުރަން ޖެހިފަ އެވެ. އެހެންވެ އޯޝަން ކޮންޒަވެންސީ ޑާޓާގެ ތެރެއަށް ސިނގިރެޓް ފިލްޓަރާއި އެއްޗެހި ބަންދުކޮށްފައި ހުންނަ ޕްލާސްޓިކް ޕެކެޖްތަކާއި ޕްލާސްޓިކް ފުޅި އާއި އަދި އެ ނޫން ވެސް ޕްލާސްޓިކް ކުނީގެ ތެރެއަށް މި ފަހަރު ވަނީ މާސްކާއި އަންގި ފަދަ ތަކެތި އިތުރުކުރަން ޖެހިފަ އެވެ.

މިކަމާ ގުޅިގެން އޯޝަން ކޮންޒަވެންސީގެ ޗީފް ސައިންޓިސްޓް ޑރ. ޖޯޖް ލިއޮނާޑް ވިދާޅުވީ މިހާރު މިއޮތީ އަނެއްކާ ވެސް ކުނޫގެ މައްސަލައިގެ ތެރެއަށް އިތުރު ބޮލުގެ ރިމެއް އައިސްފައި ކަމަށެވެ. އެކަމަކު ގޮނޑުދޮށްތާއި ކަނޑުފަޅުތައް ކުނިބުނިން ސަލާމަތްކުރަބް މަސައްކަތްކޮށްގެން ނޫނީ ރަނގަޅޫ ވެއްޓެއް ނުހޯދޭނެ ކަމަށް ވިދާޅުވި އެވެ.

"އަހަރެމެން ވަރަށް ކަންބޮޑުވޭ މިހާރު ޕީޕީއާތަކާ ދޭތެރޭ އަމަކުކުރެވޭ ގޮތުން. ޖެހުނުހާ ތަނަކަށް އެފަދަ އެއްޗެހި އުކާލަންޗެއްޖެ ނަމަ ކަނޑުފަޅުގެ ދިރުންތަކަށް އޮތީ އިތުރު ނުރައްކަލެއް." އޭނާ ވިދާޅުވި އެވެެ.

މިހާރުގެ ހާލަތަށް ބަލާ އިރު ރެކޯޑްތަކުން ދައްކާ ގޮތުން ކަނޑުފަޅުތަކުން އަހަރަކު އަށް މިލިއަން މެޓްރިކް ޓަނުގެ ޕްލާސްޓިކް ކުނި ނަގަ އެވެ. އެންވަޔަރަމަންޓަލް ސައިންސް އެންޑް ޓެކްނޮޖީ ޖާނަލްގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނާގޮތުން ކޮވިޑްގެ ބަލިމަޑުކަމުގެ ފަހުން ކޮންމެ މަހަކު މުޅި ދުނިޔޭގައި މަހަކު 129 ބިލިއަން ޑިސްޕޯސަބަލް މާސްކާއި 65 ބިލިއަން އަންގި ބޭނުންކުރެވެ އެވެ. އެހެންވެ އުކައިލާ ކުނީގެ ތެރެއަށް ޕީޕީއީ ވަނުމަކީ މި ވަގުތު ގިނަ ގައުމުތަކަށް ކުނީގެ މައްސަލާގައި ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.

ވޯލްޑް އިކޮނިމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ލަފާކޮށްފައިވާ ގޮތުގައި މިހާރު ކަނޑުފަޅަށް އުކައިލާ ކުނިބުނީގެ މިންވަރު ހުރި ވަރަޑް ބަލާ އިރު 2050 ހަމައަށް އަންނަ ކަނޑުތަކުގައި އުޅޭ މަސްމަހާމެއްސަށް ވުރެ ޕްލާސްޓިކް ކުނީގެ މިންވަރު އިތުރުވެގެން ހިނގައި ދާނެ އެވެ.