Roadha Mihaaru
134 މިލިއަން އިތުރުކޮށް ކޮމިޓީން ބަޖެޓު ފާސްކޮށްފި

134 މިލިއަން އިތުރުކޮށް ކޮމިޓީން ބަޖެޓު ފާސްކޮށްފި

24 ނޮވެމްބަރ 2020

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓަށް 134.9 މިލިއަން ރުފިޔާ އިތުރުކޮށް 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 34.78 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓަށް 134.9 މިލިއަން ރުފިޔާ އިތުރުކޮށް 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 34.78 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި ބަޖެޓު ފާސްކޮށްފައި ވަނީ ކޮމިޓީ އަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީން އެ ބަޖެޓަށް ގެނައި ބަދަލާ އެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ 21.1 ބިލިއަން ރުފިޔާ އަށް އިތުރުކޮށްފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ލަފާ ކުރީ އަންނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި ލިބޭނީ 17.8 ބިލިއަން ރުފިޔާ ކަމަށެވެ.

ފިނޭންސުން ހުށަހެޅި ބަޖެޓުގައި އަންނަ އަހަރު ދައުލަތުގެ ހަރަދު 33.3 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރި ނަމަވެސް ކޮމިޓީން ފާސްކުރި ބަޖެޓުގައި ވަނީ ހަރަދު 33.4 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކޮށްފަ އެވެ.

ފިނޭންސުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ވެސް ޑެފިސިޓް ބަޖެޓެކެވެ. އެގޮތުން 15.5 ބިލިއަން ރުފިޔާ ބަޖެޓް ޑެފިސިޓްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާ ކޮށްފައިވާއިރު ބަޖެޓު ދިރާސާ ކުރާ ކޮމިޓިން ވަނީ އެ އަދަދު 12.3 ބިލިއަން ރުފިޔާ އަށް ދަށްވާނެ ކަމަށް ލަފާ ކޮށްފަ އެވެ.

ބަޖެޓް ކޮމިޓީން ވަނީ އަންނަ އަހަރު އާމްދަނީ ހޯދަން ކުރާނެ ކަންތައްތަކާ ގުޅިގެން ފިނޭންސުން ހަދާފައިވާ ލިސްޓަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ.

އާމްދަނީ އިތުރުކުރަން ހުށަހެޅި ކަންކަމަށް ކޮމިޓީން އިތުރު ކުރި ބައިތައް

- ޓީޖީއެސްޓީ: 598 މިލިއަން ރުފިޔާ.

- ގްރީން ޓެކްސް: 253 މިލިއަން ރުފިޔާ.

- އެއާޕޯޓު ސާވިސް ޗާޖު: 218 މިލިއަބް ރުފިޔާ

- އެއާޕޯޓު ޑެވެލޮޕްމަންޓް ޗާޖު: 219 މިލިއަން ރުފިޔާ.

- ބިން ވިއްކުމާއި ބިން ބަދަލު ކުރުމުގެ ފީ: 700 މިލިއަން ރުފިޔާ.

- އެހެނިހެން ކުއްޔާއި ހަރުމުދަލުގެ އާމްދަނީ: 1.34 ބިލިއަން ރުފިޔާ.