Roadha Mihaaru

ރީތީގެ ރާނީ މަނޫޝީ ޗިލާރް ރާއްޖޭގައި

މީގެ ތިން އަހަރު ކުރިން ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހާސިލުކުރި އިންޑިއާގެ މަނޫޝީ ޗިލާރް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ރީތީގެ ރާނީ މަނޫޝީ ޗިލާރް ރާއްޖޭގައި
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

16 ޑިސެމްބަރ 2020

މީގެ ތިން އަހަރު ކުރިން ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހާސިލުކުރި އިންޑިއާގެ މަނޫޝީ ޗިލާރް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އަންނަ އަހަރު ބޮލީވުޑަށް ތައާރަފުވާނެ 23 އަހަރުގެ ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. މަނޫޝީ ބޮލީވުޑަށް ތައާރަފު ވާނީ އަކްޝޭ ކުމާރާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ތާރީހީ ފިލްމު "ޕްރިތުވީރާޖް" އިންނެވެ.

އެ ފިލްމުގެ ޝޫޓިން ލޮކްޑައުންއާ ހެދި ހުއްޓިފައި އޮތުމަށް ފަހު، އަލުން ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށައިފަ އެވެ.

މަނޫޝީގެ އަތުގައި "ޕްރިތުވީރާޖް" ގެ އިތުރުން ވެސް ވައިއާރްއެފްގެ އެހެން ފިލްމެއް އެބައޮތެވެ. އޭގެ ޝޫޓިން ވެސް ފަށާފައިވާ އިރު، އެއީ ކޮމެޑީއެކެވެ. "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ޑައިރެކްޓްކުރާ ފިލްމުގެ ބަތަލަކީ ޒުވާން އެކްޓަރު ވިކީ ކޯޝަލެވެ.

އަންނަ އަހަރު ބޮޑު ސްކްރީނަށް އަންނަ މަނޫޝީ އަށް މިސް ވޯލްޑްގެ ޓައިޓްލް ލިބުނު ފަހުން މަޝްހޫރު ބައެއް ބްރޭންޑްތައް އިޝްތިހާރުކޮށްދޭން ވެސް އަންނަނީ ލިބެމުންނެވެ. އެގޮތުން ރަންވީރު ސިންގް އާއި ކަރީނާ ކަޕޫރާ އެކު އިޝްތިހާރުތަކެއް ކުޅެފައިވެ އެވެ.