Roadha Mihaaru
ކެމްޕެއިނާ ގުޅޭ މައްސަލަ ކޯޓުން ބަލައެއް ނުގަތް

ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލައެއްނުގަތް: އިދިކޮޅު

18 ޖެނުއަރީ 2021

ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ހޯދައިދޭން އެދި ސިވިލް ކޯޓަށް އިދިކޮޅު ކޯލިޝަނުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ސިވިލް ކޯޓުން ނިންމައިފި ކަމަށް އިދިކޮޅުން ބުނެ އެވެ. އެކަމަކު "މިހާރު"ން ބެލިބެލުމުން އެފަދަ އެއްވެސް މައްސަލައެއް ކޯޓަށް ހުށަހަޅައިފައެއް ނުވެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ތުހުމަތުކޮށް، އެ ހައްގު ކަށަވަރުކުރަން ޕީޕީއެމް/ޕީއެންސީ އިން ސިވިލް ކޯޓަށް ހުށަހެޅި ކަމަށް އެ ކޯލިޝަނުން ބުނެ އެވެ. އެ މައްސަލަ ހުށަހެޅި މައިގަނޑު ސަބަބަކީ، އެކިއެކި ސަބަބުތަކާ ހެދި ސަރުކާރާއި ކުންފުނިތަކުގެ އިސްވެރިން ރަށްރަށަށް ދަތުރުކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށެވެ. އެކަމަކު ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ދާން އެދުމުން އިދިކޮޅު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގީ ކެމްޕެއިން ހަރަކާތްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ކަމަށް އިދިކޮޅުން ބުނެ އެވެ.

އެކަމުގައި ދެން ކުރިއަށް ދާނެ ގޮތަކާ ބެހޭ ގޮތުން ގޮތެއް ނިންމަން މިއަދު ކުއްލި ބައްދަލުވުމެއް ބާއްވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލައި ނުގެންފި ނަމަ، ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅީ އިދިކޮޅު ކޯލިޝަނުގެ އިސްވެރިންނާއި އަދި އެތަނުގެ ލީގަލް ޓީމުގެ ބައެއް މެމްބަރުންނާ އެކު އެވެ. ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންތަކެެއް ވެސް ޖަސްޓިސް ބިލްޑިން ސަރަހައްދަށް އެއްވި އެވެ،

ވީހާ ވެސް އަވަހަކަށް ކައުންސިލް އިންތިހާބު ބާއްވަން އިދިކޮޅުން އަންނަނީ ގޮވަމުންނެވެ.