28 ޑިސެމްބަރ 2020
ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ފާސްކުރި ޚާއްސަ ގާނޫނާ އެއްގޮތަށް އަންނަ މާޗް މަހު އިންތިޚާބު ބޭއްވުމަށް ހުރަސްއެޅި، "މަރުތަޅު" އެޅުވިފައިވާ މައްސަލަ ސަރުކާރުން ހައްލުނުކުރަނީ އިންތިޚާބު ލަސްކުރަން ބޭނުންވާތީ ކަމަށް އިދިކޮޅުން މިއަދު ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ފާސްކުރި ޚާއްސަ ގާނޫނާ އެއްގޮތަށް އަންނަ މާޗް މަހު އިންތިޚާބު ބޭއްވުމަށް ހުރަސްއެޅި، "މަރުތަޅު" އެޅުވިފައިވާ މައްސަލަ ސަރުކާރުން ހައްލުނުކުރަނީ އިންތިޚާބު ލަސްކުރަން ބޭނުންވާތީ ކަމަށް އިދިކޮޅުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ފެތުރޭތީ އިންތިޚާބު ލަސްކޮށް މިދިޔަ އަހަރު ފާސްކުރި ޚާއްސަ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ. އެކަމަކު އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ރަސްމީކޮށް ފެށޭނީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
ޚާއްސަ ގާނޫނުގައިވާ ގޮތުގެ މަތިން، އަންނަ މާޗު 6 ނުވަތަ 13 ގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރަމުން އަޔަސް އެ ތާރީޚުގައި އިންތިޚާބު ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ގާނޫނުގައިވާ ތަރުތީބާ އެއްގޮތަށް އިންތިޚާބު އިންތިޒާމްކުރެވޭނީ އެންމެ ލަސްވެގެން ޖެނުއަރީ 5 ގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެންނެވެ. އެކަމަކު އެޗްޕީއޭ އިން އެ ޔަގީންކަމެއް އިލެކްޝަންސް ކޮމިޝަނަކަށް ނުދެ އެވެ.
ދިގުދަންމަމުން އަންނަ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން ވެސް އިތުރުކުރީ މަހަކަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 5 އަށެވެ.
ޕީޕީއެމްގެ ޖަލްސާގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ: ސަރުކާރު ބޭނުން ނަމަ، ސުޕަ މެޖޯރިޓީން މައްސަލަ ހައްލުކުރެވެން އޮތް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އައުޝަން އިލްޔާސް/މިހާރު
މިއީ އިންތިޚާބުގައި "މަރުތަޅު" އެޅިފައިވާ ހާލަތެއް ކަމަށް ސިފަކުރައްވައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ބޭނުން ނަމަ މަޖިލީހުގެ ސުޕަ މެޖޯރިޓީ މެމްބަރުން ލައްވައި މައްސަލައަށް ހައްލު ހޯދިދާނެ ކަމަށެވެ. ފަހުން ފާސްކޮށްފައިވާ ގާނޫނު އިސްލާހުކުރަން ޚާއްސަ ޖަލްސާއެއް މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގައި ބުނާގޮތުން ބޭއްވިދާނެކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.
"ސުޕަ މެޖޯރިޓީ އޮންނަ އިރު ސަރުކާރުން އެދެފި ނަމަ ލޯކަލް ކައުންސިލް އިންތިހާބުގެ މަރުތަޅު މަޖިލީހުން ނައްޓައި ނުލެވޭނެތޯ،" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގު ކުރައްވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި އެއްސެވި އެވެ.
އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނު ދަންވަރު ބޭއްވި ޖަލްސާއަކުން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ، އެމްޑީޕީގެ މެމްބަރުންގެ ވޯޓުންނެވެ.
އާދަމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން ބޭނުންވަނީ އިންތިޚާބު ލަސްކުރާށެވެ. އެއީ ވެރިކަމަށް މި ސަރުކާރު އައުމަށް ވި ވައުދުތައް ފުއްދުމުގައި ނާގާބިލްވެ ރައްޔިތުންގެ ވޯޓު ނުލިބޭނެ ކަން ޔަގީންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ލަސްކުރުމުން، ވާދަކުރާ އެތައް ކެންޑިޑޭޓުންގެ ހައްގު ގެއްލިގެންދާ ކަަމަށެވެ. އެއާއެކު މިހާރު ތިއްބެވި ކައުންސިލަރުންގެ ބާރު ގާނޫނުން ވަރަށް ބޮޑަށް ހަނިކޮށްފައިވާ އިރު، އެގޮތުގައި ކައުންސިލްތަކުގެ ހިންގުން ދެންމުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި ގާނޫނު އިސްލާހުކުރުމަކީ ވެސް ސުޕަ މެޖޯރިޓީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެވެން އޮތް ކަމެކެވެ. އެކަމަކު އިންތިޚާބު ބޭއްވުމުގައި ދިމާވެފައިވާ މައްސަލަތަކުގައި ބަހެއް ނުބުނެ ސަރުކާރުން ތިބުމަކީ ސީރިއަސް މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިޚާބަށް 4،172 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެ އެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފަ އެވެ.
އިންތިހާބު ފަސްކުރަނީ ސަރުކާރު/ އީސީ ގުޅިގެން:އިދިކޮޅު
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
ކެމްޕޭން ހަމަހަމަ ފުރުސަތު ހޯދައިދޭން އީސީން އެދިއްޖެ
އަދުރޭއާ އެކު 24 މީހަކު މުޒާހަރާ އިން ހައްޔަރުކޮށްފި
ބޭނުމީ އީސީގެ ރައީސްކަމަށް ފުއާދު ގެންނަން: އިދިކޮޅު
އިންތިޚާބުގެ ކުރިން އީސީ ބަދަލުކުރާނަން: އިދިކޮޅު
ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ދެނީ
އިންތިޚާބު ބާއްވާ! އެކަމަކު ވޯޓެއް ނުލާނަން!
އިންތިޚާބު ފަސްކުރަން ޖެހޭނަމަ ތާއީދު ކުރާނެ:އަދުރޭ
ޕީޕީއެމުން ދެއްކީ "ބިޔަ މަންޒަރެއް"، މިވީ ކިހިނެއް؟