Roadha Mihaaru
ސަލްމާންގެ "ޓައިގާ 3" ގެ ޝޫޓިން މާޗްގައި

ސަލްމާނާއި ކެޓްރީނާގެ "ޓައިގާ 3" ގެ ޝޫޓިން މާޗްގައި ފަށަނީ

22 ޖެނުއަރީ 2021

ސަލްމާން ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "އަންތިމް" ގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާލައި، "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "އަންތިމް" ގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާލައި، "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމުގެ ތައްޔާރީތަައް ވަމުން އަންނަ ވާހަކަ ދެކެވެނީ 2019 އިން ފެށިގެންނެވެ. "ޓައިގާ 3" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ސަލްމާނާއި ކެޓްރީނާ ކައިފާ އެކު ގެނެސްދޭ އެކްޝަން ތުރިލާގެ ތިން ވަނަ ބައެވެ.

މި ފަހަރު އަނެއްކާ ވެސް ފިލްމުގެ ޑައިރެކްޝަނާ ހަވާލުވަނީ އާ މީހެކެވެ. އެއީ ވައިއާރްއެފަށް "ފޭން" އާއި "ބޭންޑް ބާޖާ ބާރާތު" ގެނެސްދިން މަނީޝް ޝަރުމާ އެވެ.

ދެހާސް ބާރައިގައި "އޭކް ތަ ޓައިގާ" ގެނެސްދިނީ ކަބީރް ޚާން ލިޔެ، ޑައިރެކްޓްކޮށެވެ. އަދި 2017 ގައި "ޓައިގާ ޒިންދާ ހޭ" ގެނެސްދިނީ އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކޮށެވެ. މި ދެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ދެ ފިލްމެވެ.

ފިލްމުގެ ތިން ވަނަ ބައި މަނީޝް ޑައިރެކްޓްކުރާ އިރު، މި ފަހަރު ވެސް ހަމަ ސަލްމާންގެ ބަތަލާ އަކީ ކެޓްރީނާ އެވެ. އަދި ކުރިއެކޭ އެއްގޮތަށް ބޭރުގެ ގިނަ ލޮކޭޝަންތަކެއްގައި "ޓައިގާ 3" ޝޫޓްކުރާނެ އެވެ. އެގޮތުން މާޗްގައި ޝޫޓިން ފެށުމަށް ފަހު، މުޅި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލަން ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެހެންވެ "ޓައިގާ 3" ސްކްރީނަށް އަންނާނެ ކަމަށް ބެލެވެނީ 2022 ގަ އެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން މި ފިލްމަކީ އަދިތިޔާ ޗޯޕްޅާގެ ވައިއާރްއެފުން ހަދާ އެންމެ އަގު ބޮޑު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ.

ޅިޔަނު އާޔޫޝް ޝަރުމާއާ އެކު ސަލްމާން ކުޅޭ "އަންތިމް" އަށް ފަހު އޭނާ ވަގުތު ދޭން ޖެހޭ އެހެން ފިލްމުތަކުގެ ތެރޭގައި ފަރުހާދު ސަމްޖީގެ "ކަބީ އީދު ކަބީ ދިވާލީ" އާއި ސާޖިދު ނަދިއަދުވާލާގެ "ކިކް 2" ހިމެނެ އެވެ.

ސަލްމާން އެންމެ އަވަހަށް ދެން ސްކްރީނުން ފެންނާނީ މި އަހަރު މެއި މަހު ރިލީޒްކުރާ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އިންނެވެ.

ކެޓްރީނާ މި ވަގުތު "ފޯންބޫތު" ގެ މަސައްކަތްކުރަމުން އަންނަ އިރު އޭނާގެ އަތުގައި އަލީގެ ސުޕަހީރޯ ފިލްމު "ސުޕަ ސޯލްޖާ" އާއި ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ފިލްމެއް އެބައޮތެވެ.

ކެޓްރީނާ އެންމެ އަވަހަށް ސްކްރީނުން ފެންނާނީ މާޗްގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އިންނެވެ.

ސަލްމާނާއި ކެޓްރީނާގެ ޖޯޑު އެންމެ ފަހުން އެކީގައި ފެނިފައި ވަނީ 2019 ގައި އަލީ ގެނެސްދިން "ބާރަތު" އިންނެވެ.