Roadha Mihaaru
ޖޯން އާއި އަބީޝެކަށް މަލަޔާޅަމް ފިލްމެއްގެ ރިމޭކެއް

ޖޯން އާއި އަބީޝެކަށް މަލަޔާޅަމް ފިލްމެއްގެ ރިމޭކެއް

05 ފެބުރުއަރީ 2021

މިދިޔަ އަހަރު އެކްޓަރު ޖޯން އަބްރަހަމް ރައިޓްސް ހޯދި މަލަޔާޅަމް ފިލްމު "އައްޔަޕައްނުމް ކޮޝިޔުމް" ގެ ހިންދީ ރިމޭކްގައި އޭނާއާ އެކު އަބީޝެކް މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު އެކްޓަރު ޖޯން އަބްރަހަމް ރައިޓްސް ހޯދި މަލަޔާޅަމް ފިލްމު "އައްޔަޕައްނުމް ކޮޝިޔުމް" ގެ ހިންދީ ރިމޭކްގައި އޭނާއާ އެކު އަބީޝެކް މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ ތަރިން ވަނީ ކުރިން އެކީގައި 2008 ގެ ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ" އާއި 2004 ގެ "ދޫމް" ގައި މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން އެކީގައި އަލުން މަސައްކަތްކުރާނެ ޝައުގުވެރި ޕްރޮޖެކްޓަކަށް ދެ ތަރިން ބަލަމުން އަންނަނިކޮށް ޖޯންގެ ފަރާތުން ލިބުނު ހުށަހެޅުން އަބީޝެކް ވަގުތުން ގަބޫލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. "ދޯސްތާނާ" ގެ ފަހުން ޖޯން އާއި އަބީޝެކަކީ ވަރަށް ގާތް ދެ ރައްޓެހިންނެވެ.

ޖޯންގެ ޓީމުން މިހާރު އަންނަނީ "އައްޔަޕައްނުމް ކޮޝިޔުމް" ގެ ސްކްރީންޕްލޭގެ މަސައްކަތް ކުރަމުންނެވެ. އަދި އޭގެ ފައިނަލް ޑްރާފްޓް ނިމުމާ އެކު ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ. އަދި މި ވަގުތު ފިލްމު ޑައިރެކްޓްކުރާނެ މީހަކު ވެސް ކަށަވަރެއް ނުވެ އެވެ.

"އައްޔަޕައްނުމް ކޮޝިޔުމް" އަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި އެކްޝަން ތުރިލާއެކެވެ. މީގައި ކިޔައި ދެނީ ނުފޫޒު ގަދަ ކުރީގެ ސިފައިންގެ އޮފިސަރަކާއި ފުލުހުންގެ އޮފިސަރަކާ ދެމެދު ހިނގާ ކުރިމަތިލުންތަކެވެ.

މިދިޔަ އަހަރު ޖޫން މަހު މަރުވި ޑައިރެކްޓަރު ސަޗީ ގެނެސްދިން "އައްޔަޕައްނުމް ކޮޝިޔުމް" ގައި ލީޑް ރޯލު ކުޅުނީ ޕްރިތުވީރާޖް ސުކްމަރަން އާއި ބިޖޫ މެނަން އެވެ.