Roadha Mihaaru
އަބީޝެކާއި ޖޯންގެ ފިލްމު ޑައިރެކްޓްކުރާނީ ޖަގަން

އަބީޝެކާއި ޖޯންގެ ފިލްމު ޑައިރެކްޓްކުރާނީ ޖަގަން

22 މާޗް 2021

މިދިޔަ އަހަރު އެކްޓަރު ޖޯން އަބްރަހަމް ރައިޓްސް ހޯދި މަލަޔާޅަމް ފިލްމު "އައްޔަޕައްނުމް ކޮޝިޔުމް" ގެ ހިންދީ ރިމޭކް ޑައިރެކްޓްކުރާނީ ޖަގަން ޝަކްތީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު އެކްޓަރު ޖޯން އަބްރަހަމް ރައިޓްސް ހޯދި މަލަޔާޅަމް ފިލްމު "އައްޔަޕައްނުމް ކޮޝިޔުމް" ގެ ހިންދީ ރިމޭކް ޑައިރެކްޓްކުރާނީ ޖަގަން ޝަކްތީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އެ ޑައިރެކްޓްކޮށްދޭން އޭނާ އަށް ހުށަހެޅުމާ އެކު ވަގުތުން ފިލްމާ ހަވާލުވާން އެއްބަސްވެފައިވާ ކަމަށެވެ. ސަބަބަކީ "އައްޔަޕައްނުމް ކޮޝިޔުމް" އަކީ ޖަގަން އަށް ވެސް ވަރަށް ކަމުގޮސްގައި އޮތް ފިލްމަކަށްވެފައި ހިންދީ އޯޑިއަންސަށް ގެނެސްދިނުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އޮތުމެވެ.

"އައްޔަޕައްނުމް ކޮޝިޔުމް" އަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި އެކްޝަން ތުރިލާއެކެވެ. މީގައި ކިޔައި ދެނީ ނުފޫޒު ގަދަ ކުރީގެ ސިފައިންގެ އޮފިސަރަކާއި ފުލުހުންގެ އޮފިސަރަކާ ދެމެދު ހިނގާ ކުރިމަތިލުންތަކެކެވެ.

ފިލްމުގެ މައިގަނޑު ރޯލުތައް ކުޅޭނީ ގިނަ ދުވަސްތަކެއް ފަހުން އެކީގައި މަސައްކަތްކުރާ ޖޯން އާއި އަބީޝެކް ބައްޗަން އެވެ. އެ ދެ ތަރިން ކުރިން އެކީގައި "ދޯސްތާނާ" އާއި "ދޫމް" ގައި މަސައްކަތްކޮށްފައިވެ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި "އައްޔަޕައްނުމް ކޮޝިޔުމް" ގެ ހިންދީ ރިމެކްގައި ޖޯން ކުޅޭނީ ބިޖޫ މެނަން ކުޅުނު ކެރެކްޓާ އެވެ. އަދި އަބީޝެކް ކުޅޭނީ ޕްރިތުވީރާޖް ސުކްމަރަންގެ ކުޅުނު ކެރެކްޓާ އެވެ.

މި ފިލްމުގެ ޑައިރެކްޝަނާ ހަވާލުވި ޖަގަން އަކީ 2019 ގައި އަކްޝޭގެ "މިޝަން މަންގަލް" ގެނެސްދިން ޑައިރެކްޓަރެވެ. އަދި އަކްޝޭއާ އެކު އޭނާ ވަނ "މިޝަން ލަޔަން" ކިޔާ ސުޕަހީރޯ ފިލްމެއް ހަދަން ވެސް ނިންމައިފަ އެވެ.

ޕިންކްވިލާ އިން ބުނީ އަކްޝޭގެ ފިލްމުގެ ކުރިން ޖޯން އާއި އަބީޝެކްގެ ފިލްމު ޖަގަން ގެނެސްދޭނެ ކަމަށެވެ.