މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ މި ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1-6 ގެ ކިޔެވުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނިންމައިފި އެވެ.
12 ފެބުރުއަރީ 2021
މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ މި ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1-6 ގެ ކިޔެވުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ގްރޭޑް 1-6 އަށް ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.
ގްރޭޑު 7 އިން ފެށިގެން މަތީގެ ދަރިވަރުންނަށް މިހާރު ވެސް ހަމަޖައްސާފައިވާ އުސޫލުން ސްކޫލަށް ހާޒިރުވާން ޖެހޭނެ އެވެ.
ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންދާތީ މާލެ ސަރަހައްދުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސްކޫލު ބަންދުކުރި އެވެ. ނަމަވެސް ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމުގެ ސަބަބުން ދަރިވަރުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބޭނެ ކަމަށް ބުނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަލުން ކިޔަވައިދޭން ފެށީ އެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް ގްރޭޑު 6 އިން ދަށުގެ ދަރިވަރުންނަށް މިދިޔަ އަހަރު ކިޔަވައިދީފައެއް ނުވެ އެވެ. އެހެންވެ، މިދިޔަ މަހުގެ 10 ގައި އަލުން ސްކޫލުތައް ހުޅުވުމަކީ، ދަށް ގްރޭޑުތަކުގެ ދަރިވަރުންނާއި ޓީޗަރުން ގާތްގަނޑަކަށް އަހަރެއް ފަހުން ބައްދަލުވި ފުރަތަމަ ދުވަހެވެ.
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ފައިޒާ ވެކްސިން މާދަމާ އިން ފެށިގެން ޖަހައިދޭން ފަށަނީ
ކިޔަވައިދޭނީ އާންމު ހާލަތުގައި ވެސް އަމަލުކުރި ވަގުތަށް
ވެކްސިން ނުޖަހާ މީހުން ސްކޫލުތަކަށް ވަނުން މަނާ
އޮންލައިންކޮށް ކިޔަވައިދޭ މުއްދަތު އަނެއްކާވެސް އިތުރު
އޮންލައިންކޮށް ކިޔަވައިދިނުން އިތުރު ހަފުތާއަކަށް
މާލޭގެ ސްކޫލްތައް އަނެއްކާވެސް ދެ ހަފުތާ އަށް ބަންދު
ގްރޭޑު 8،7 އަށް އަންނަ މަހުގެ 16ގައި ކިޔަވައިދެނީ
ސްކޫލު ހުޅުވުން ކާމިޔާބެއް ނުވި، އެޓެންޑެންސް ދަށް