Roadha Mihaaru
ބޯހިޔާވަހިކަމަށް 500 މިލިއަންގެ ލޯނު ދޭނަން: ރައީސް

ރަށްރަށުގެ ބޯހިޔާވަހި ކަމަށް 500 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރާނެ: ރައީސް

21 ފެބުރުއަރީ 2021

ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 500 މިލިއަން ރުފިޔާ ލުއި ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 500 މިލިއަން ރުފިޔާ ލުއި ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 500 މިލިއަން ރުފިޔާ މި އަހަރު ދޫކުރަން ނިންމާފައިވާ ކަމަށާއި އެ ފައިސާ ދޫކުރާނީ ލުއި ލޯނެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް އެމަނިކުފާނު ރޭ ނުދެއްވަ އެވެ.

"އަޅުގަނޑުމެން މި އަންދާޒާ ކުރަނީ ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ވަރު ލުމަށް ފަހު ކޮންމެ ރަށަކަށް ލުއި ލޯނެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އެގޮތަށް ވިދާޅުވިއިރު، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދާދިފަހުން ވިދާޅުވެފައިވަނީ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ވިޔަފާރި އުސޫލުން ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތައް މެދުވެރިކޮށް އެކަން ކުރުން ކަމަށެވެ.