Roadha Mihaaru
ވީހާވެސް އަވަހަކަށް ތައުލީމު ލޯނަށް ހުށަހަޅަން އެދިއްޖެ

ފަހު ވަގުތަށް މަޑުނުކޮށް ވީހާ ވެސް އަވަހަކަށް މަތީ ތައުލީމުގެ ލޯނަށް ހުށަހަޅަން އެދިއްޖެ

01 މާޗް 2021

ފަހު ވަގުތަށް މަޑުނުކޮށް ވީހާ ވެސް އަވަހަކަށް މަތީ ތައުލީމުގެ ލޯނަށް ހުށަހެޅުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަހު ވަގުތަށް މަޑުނުކޮށް ވީހާ ވެސް އަވަހަކަށް މަތީ ތައުލީމުގެ ލޯނަށް ހުށަހެޅުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އެ މިނިސްޓްރީން ބުނީ އަންނަ ބުރާސްފަތި ދުވަހުގެ 1:30 ގެ ކުރިން ލޯނު ހޯދުމަށް myedu.egov.mv ޕޯޓަލް އިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. އެ ވަގުތުގެ ފަހުން އާއްމުންނަށް ޕޯޓަލް ބަންދުވާނެތީ ވީހާ ވެސް އަވަހަކަށް ފޯމުތައް ހުށަހެޅުމަށް ހަޔަ އެޑިއުކޭޝަނުން އެދެ އެވެ.

މި ފަހަރު ހުޅުވާލާފައިވަނީ މަތީ ތައުލީމުގެ 770 ފުރުސަތެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވިދާޅުވީ، މި ވަގުތު ކިޔަވަމުން އަންނަ ދަރިވަރުންނަށް 471 ޖާގަ އަދި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 299 ފުރުސަތު ހަމަޖައްސާފައިވާ ކަމަށެވެ.

ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ހުޅުވާލި ފުރުސަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ޖާގައެއް ކަނޑައަޅާފައި ވެ އެވެ.

ފުލް ފަންޑިންގައި ކިޔަވަން ބޭރަށް ދެވޭ ގައުމުތަކުގެ ލިސްޓު ވެސް އިތުރުކޮށްފައި ވެ އެވެ. އޭގައި ސާކުގެ ގައުމުތަކާއި ޗައިނާ، ފިލިޕީންސް، ތައިލެންޑް، މެލޭޝިޔާ، ޔޫކްރެއިން، ރަޝިޔާ، ކްރިގިސްތާން، ޗެކްރިރިޕަބްލިކް، އަޒުރްބައިޖާން، އިޓަލީ، ޔޫއޭއީ، މޯލްޓާ، ސައުދި އަރަބިއްޔާ، އިންޑޮނޭޝިޔާ، ގަތަރު، ސައުތު އެފްރިކާ، މިސްރު، ފީޖީ އަދި މޮރިޝަސް ހިމެނެ އެވެ.