16 ސެޕްޓެމްބަރ 2023
ކ. އުތުރު ތިލަފަަޅުގައި ތަރައްގީ ކުރަމުންދާ "އެކަތަ" ބަނދަރު ހަދަން އިންޑިއާއާ ހަވާލުކުރީ ކުރީގެ ސަރުކާރުން ކަމަށާއި އަދި އެތަނުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކ. އުތުރު ތިލަފަަޅުގައި ތަރައްގީ ކުރަމުންދާ "އެކަތަ" ބަނދަރު ހަދަން އިންޑިއާއާ ހަވާލުކުރީ ކުރީގެ ސަރުކާރުން ކަމަށާއި އަދި އެތަނުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސިފައިންގެ މުވައްސަސާގެ އަގު ވައްޓާލައި، ސިފައިންގެ ތަރައްގީއަށް އުނިކަން އަންނަ ގޮތަށް ހަގީގަތާ ހިލާފު ހަބަރުތައް ފަތުރަމުންދާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވަނީ އުތުރު ތިލަފަޅާ ގުޅިގެން ދެކެވޭ ވާހަކަތައް ރައްދުދީފަ އެވެ.
އެ ބަޔާނުގައިވަނީ އުތުރުތިލަފަޅަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުން އަންނަ ތަނެއް ކަމަށާއި އެތަނަކީ ދިވެހި ސިފައިންގެ ކޯސްޓްގާޑް އުޅަނދުތައް އަޅާފައި ބޭއްވުމަށާއި އެ އުޅަނދުފަހަރު މަރާމާތު ކުރުމަށް ތަަރައްގީކުރާ ތަނެއް ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އުތުރުތިލަފަޅާ ގުޅިގެން ދިވެހި ސަރުކާރުން އިސް ނަގައިގެން އިންޑިއާ ސަރުކާރާއެކު އެންމެ ފުރަތަމަ މަޝްވަރާކުރީ 2013 ގައި އޭރުގެ ދިފާއީ ވަޒީފު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އަދި އެ ދަތުރުފުޅުގައި، އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއުއެއް ހިންގުމަށް ދިވެހި ސަރުކާރުގެ ތަސައްވުރާއި ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ހުށަހެޅި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އޭގެ ފަހުން 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރެވުނު "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން" ގައި ވެސް އިންޑިއާއާއެކު އުތުރު ތިލަފަޅުގައި އަސްކަރީ މަޝްރޫއެއް ހިންގަން ވަނީ އެއްބަސްވެފައި ކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
"ކުރީގެ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫއުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ވަނަ އަހަރު އުތުރުތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އެ އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްގީކުރުމަށް ހަމަޖައްސާފައިވެ އެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އުތުރު ތިލަފަޅުގައިވާ ހުރިހާ ވަސީލަތްތަކަކީ ވެސް ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގައި ދިވެހިންގެ އަމިއްލަ މިލްކިއްޔާތެކެވެ. އަދި މި ސަރުކާރުން ދިވެހިންގެ މިނިވަން ކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވަނީ ސިޔާސީ ގޮތުން ހައްސާސް ދަނޑިވަޅެއްގައި ދިވެހި ސިފައިންގެ ތަރައްގީއަށް ހިންގޭ މުހިއްމު ކަންކަމަށް ހުރަސް އެޅުމާއި ނަފްރަތު އުފެއްދުމަށް ކުރަމުންދާ ކަންކަން ހުއްޓާލަން ގޮވާލާ ކަމަށެވެ.
ޑިފެންސް މިނިސްޓްރީން އެގޮތަށް ބުނިއިރު، މިދިޔަ ހަފުތާގައި އެމްއެންޑީއެފް އިސް ޖެނެރަލުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުތަކެއްގައި ވެސް ވަނީ އިންޑިއާއިން ހަދިޔާކުރި ޑޯނިއާ ދުއްވާ މީހުންނާއި ޑޮކްޓަރުންނާއި ޓެކްނީޝަނުން ފިޔަވައި އިތުރު ބޭނުމެއްގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ނެތް ކަމަށް ބުނެފަ އެވެ. އަދި ރާއްޖޭގައި ދިވެހި ސިފައިންގެ ބާރު ނުހިނގާ އެއްވެސް ތަނެއް ނެތް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާގެ އެއްބަސްވުންތައް ނުދައްކާ ކަމުގެ ޝަކުވާ
އެއްބަސްވުން 241 ކޮމިޓީއާ ހިއްސާކުރަން އެދިއްޖެ
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
ހެލިކޮޕްޓަރު ޖެއްސީ އިމަޖެންސީ ހާލަތުގައި:ހައި ކޮމިިޝަން
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު