Roadha Mihaaru
ވިހެއުމަށް ފަހު ކަރީނާ ކަސްރަތަށް

ވިހެއުމަށް ފަހު ކަރީނާ ކަސްރަތަށް

22 މާޗް 2021

މިދިޔަ މަހުގެ ތެރޭގައި ދެވަނަ ދަރިފުޅު ވިހޭ ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ހަށިގަނޑު ބަދަލުކޮށްލަން މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ ތެރޭގައި ދެވަނަ ދަރިފުޅު ވިހޭ ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ހަށިގަނޑު ބަދަލުކޮށްލަން މަސައްކަތް ފަށައިފި އެވެ.

ބަލިވެއިނުމާ ގުޅިގެން ހަށިގަނޑަށް އައި ބަދަލު ދުއްވައިލަން މަސައްކަތް ފަށާފައިވާ އިރު "ޑޭ 1" ގެ ނަމުގައި ކަރީނާ ވަނީ ހިކެން ފެށުމުގެ ދަތުރުގެ ވާހަކަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. ކަރީނާ އަކީ އަބަދު ވެސް ކަސްރަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ އަދި އޭނާގެ ބައްޓަން ރީތިކޮށް ބަހައްޓަން ވަރަށް އިސްކަންދޭ ބަތަލާއެކެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ފުރަތަމަ ދަރިފުޅު ތައިމޫރް ވިހާފައި ވެސް އޭނާ ފިލްމީ މަސައްކަތަށް ނުކުތީ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނައުމަށް ފަހު އެވެ. އެ ބަދަލު 2018 ގައި ރިލީޒްކުރި ފިލްމު "ވީރޭ ދީ ވެޑިން" އިން ފެނިގެން ގޮސްފައިވެ އެވެ.

ކަރީނާ، 40، ހިކެން މަސައްކަތް ފެށި އިރު އޭނާގެ ކުރިއަށް އޮތް ފިލްމަކީ ބަލިވެއިންތާ ކުރީކޮޅު ޝޫޓިން ނިންމައިލި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ. އެއީ ޑިސެމްބަރުގައި ރިލީޒްކުރާނެ ފިލްމެކެވެ.

ދެވަނަ ދަރިފުޅު ވިހެއުމަށް ފަހު ކަރީނާ އާންމުކުރި ފުރަތަމަ ސެލްފީ.

އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ރަސްމީކޮށް ސޮއިކޮށްފައި އޮތް ހަމައެކަނި ފިލްމަކީ ޝޫޓިން ފަށާނެ އިރެއް އަދި ނޭނގޭ ކަރަން ޖޯހަރްގެ ފިލްމު "ތަޚުތު" އެވެ. އަދި ޑައިރެކްޓަރު އަލޯކީކް ދެސާއީގެ "ސީތާ: ދި އިންކާނޭޝަން" ކަރީނާ އަށް ހުށަހަޅާފައިވެ އެވެ.

މިދިޔަ މަހުގެ 21 ގައި ވިހެއުމަށް ފަހު 16 ދުވަސް ފަހުން ކަރީނާ ވަނީ އަލުން މަސައްކަތަށް ނުކުމެ ބައެއް ޓީވީ އިޝްތިހާރުތައް ކުޅެފަ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "އަނގްރޭޒީ މީޑިއަމް" އެވެ.