Roadha Mihaaru
ކާފިއު އުވާލައި ލުއިތަކެއް ދީފި

ކާފިއު އުވާލައި ލުއިތަކެއް ދީފި

01 އެޕްރީލް 2021

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު މިއަދުން ފެށިގެން އެޗްޕީއޭ އިން އުވާލައިފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު މިއަދުން ފެށިގެން އެޗްޕީއޭ އިން އުވާލައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ދެންމެ ނެރުއްވި އިއުލާނުގައިވާ ގޮތުން، ކޮވިޑުން ރައްކާތެރިވުމަށް އާންމުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފަތިހު 4:30 އާ ހަމައަށް އިއުލާން ކޮށްފައިވާ ކާފިއު އުވައިލުން ހިމެނެ އެވެ.

އެޗްޕީއޭ އިން ލުއިދިން ކަންކަން:

- ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވައިލުން.

- ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވައިލުން.

- ދުވާ ޓްރެކްތައް ހުޅުވައިލުން.

- ޔުނިވާސިޓީތަކާއި ކޮލެޖްތައް ހުޅުވައިލުން.

- ޖިމްތަކާއި ކަސްރަތު ކުލާސްތައް ހުޅުވައިލުން.

- ޑޭކެއާގެ ހިދުމަތް ހުޅުވައިލުން.

- ޕްރީ ސްކޫލުތަކާއި ނާސަރީ ކުލާސްތައް ހުޅުވައިލުން.

- މާލޭ ސަރަހައްދުގައި އޮތް ކާފިއު އުވައިލުން.

ނަމަވެސް، އެޗްޕީއޭ އިން ކުރިން ވެސް އަޅާފައިވާ މުހިންމު ބައެއް ފިޔަވަޅުތައް އަދިވެސް ވަނީ އެގޮތުގައި ދަމަހައްޓައިފަ އެވެ. އޭގެ ތެރޭގައި ރަށްރަށަށް ދަތުރުކުރުމުގައި އޮތް އުސޫލާއި ކައިވެނި ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި އެއްތަނަކަށް ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުމާއި ކަރަންޓީނުވުމުގައި އޮތް އުސޫލު ހިމެނެ އެވެ. މީގެ އިތުރުން ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރުމުގައި 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރު ޓެސްޓް އޮތުމާއި ޓޫރިސްޓުން ފިޔަވައި ރާއްޖެ އިން ބޭރުން އަންނަ މީހުން 10 ދުވަހަށް ކަރަންޓީނު ވުން ވެސް ހިމެނެ އެވެ.

ކޮވިޑަށް ލުއިތަކެއް ދިން ނަމަވެސް މާލޭ ސަރަހައްދާއި ރަށްރަށުގައި ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު މަދެއް ނުވެ އެވެ. އިއްޔެގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 200 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ހެލްތު މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް މިހާރު ފެތުރެމުން ދަނީ ރާއްޖޭގެ ފަރުވާގެ ކެޕޭސިޓީއާ ވެސް ނުބައްދަލު ވަރަށެވެ.