Roadha Mihaaru
ވެލިގާ ރޯދަ ޕްރޮމޯޝަންގެ އިނާމް ހަވާލު ކޮށްފި

ވެލިގާ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމް ހަވާލުކޮށްފި

26 އެޕްރީލް 2021

ވެލިގާ ހާޑްވެއާއި އެ ކުންފުނީގެ ދަށުން ހިންގާ ބްލަންކްގެ ފިހާރަތަކުގައި ކުރިއަށްގެންދިޔަ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި، އިނާމް ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވެލިގާ ހާޑްވެއާއި އެ ކުންފުނީގެ ދަށުން ހިންގާ ބްލަންކްގެ ފިހާރަތަކުގައި ކުރިއަށްގެންދިޔަ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި، އިނާމް ހަވާލުކޮށްފި އެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. މި ރަސްމިއްޔާތު ވެލިގާ އާއި ބްލަންކުގެ ސޯޝަލް މީޑިއާތަކުން ވަނީ ލައިވް ކޮށްފަ އެވެ.

މިދިޔަ މަހުގެ 15 އިން ފެށިގެން މި މަހުގެ 20 އާ ހަމަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނުގައި 13 ނަސީބުވެރިން ވަނީ ހޮވައިފަ އެވެ.

ވެލިގާ ރޯދަ ޕްރޮމޯޝަނުގެ ނަސީބުވެރިން

- ފަޒާލް ތައުފީގު (017934) : 50،000ރ. ގެ ވައުޗަރު

- ހާޝިމް އަބްދުލް ހަކީމް (059861) : 30،000ރ. ގެ ވައުޗަރު

- އަމްނު އަހުމަދު (003834) : 20،000ރ. ގެ ވައުޗަރު

- އަހުމަދު (048060) : މެޓާބޯ ޓޫލްސެޓް

- އަބްދުﷲ ސައީދު (009516) : މެޓާބޯ ޓޫލްސެޓް

- އަބްދުﷲ ޒުހުރީ (022382) : ހޯމް ޑެކޯ ކިޓް

- އަހުސަން މުހައްމަދު (044085) : ހޯމް ޑެކޯ ކިޓް

- އާދަމް ނަސީރު (008196) : ޓީވީ

- އަހުމަދު ހުސައިން (010075) : ޓީވީ

- މުހައްމަދު ޝައުޔާ (021964) : ލެޕްޓޮޕް

- މޫސާ ޖިނާން (023548) : ލެޕްޓޮޕް

- އެމްޑީ އަބޫ ޔޫސުފް (015734) : ކޮފީ މެޝިން

- މުހައްމަދު ޝައިފާން (043485) : ކޮފީ މެޝިން

ވެލިގާއިން ބުނެފައިވާގޮތުގައި މި ޕްރޮމޯޝަނުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންގޮސްފައިވަނީ ދެފުށް ފެންނަ ގޮތަށެވެ. އެގޮތުން، މިނިވަން އޮޑިޓް ފާމެއް ކަމަށްވާ އޭއައިއެކްސް އެސޯސިއޭޓްސް އިން މި ޕްރޮމޯޝަންގެ އޮޑިޓް ހަދާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ޕްރޮމޯޝަނަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހިީބެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި މިފަދަ އިތުރު ޕްރޮމޯޝަންތައް ކުރިއަށްގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.