Roadha Mihaaru
ވެލިގާގެ ރޯދަ ސޭލް: އަގުހުރި އިނާމުތަކާއި ޑިސްކައުންޓް

ވެލިގާގެ ރޯދަ ސޭލް: ޑިސްކައުންޓާއި ކޮންމެ ހަފްތާއަކަށް އަގުހުރި އިނާމެއް

04 މާޗް 2024

ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ވެލިގާގެ ދަށުން ހިންގާ ބްލަންކްގެ ފިހާރަތަކުގައި ރޯދަ ސޭލް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ވެލިގާގެ ދަށުން ހިންގާ ބްލަންކްގެ ފިހާރަތަކުގައި ރޯދަ ސޭލް ފަށައިފި އެވެ.

ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަނުގައި ވެލިގާގެ ފިހާރަތަކުން 30 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް އަދި ކޮންމެ 100ރ. ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގެ ކޫޕަން ދޭނީ އޮންލައިންކޮށެވެ. މި ކޫޕަން ހޯދުމަށް ވިޔަފާރި ކުރާއިރު ފޯނު ނަމްބަރު ދޭން ޖެހޭނެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ވިޔަފާރިކޮށް ނިމުމުން ވެލިގާއިން ކުރާ މެސެޖެއް މެދުވެރިކޮށް ކޫޕަން ފޮނުވާނެ އެވެ. މެސެޖުގައި ހިމެނޭ ލިންކަށް ވަނުމުން ކޫޕަންގެ ތަފްސީލުތައް ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގެ ލަކީޑްރޯގައި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިއަކު ހޮވުމަށް ގުރުއަތު ނަގާނެ އެވެ. މި ޕްރޮމޯޝަނަށް ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ހިމެނެނީ ސްޓޯން ހޮޓެލްސް ދިއްފުށީގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުމާއި ސްޓޯން ހޮޓެލްސް ދިއްފުށިން ރޯދަ ވިއްލުމަކާއި ވެލިގާގެ ޓޫލްސެޓުތަކާއި ގިފްޓު ވައުޗަރެވެ.

ވެލިގާ އާއި ބްލަންކްގެ ފިހާރަތަކުން ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ވެލިގާގައި މެޓާބޯ ޕަވާ ޓޫލްސް އާއި ސެލީސް ތެރަހާއި ސިލިކޯން، ޔާޓޯ ޓޫލްސް އާއި ގަޒަލް ހޭންޑް ޓޫލްސް ފަދަ ޕްރޮޑަކްޓުތަކާއި މެޑުކާ ފާހަނާ ސާމާނާއި އިނޯކީ ފާހަނާ ސާމާނު ފަދަ ތަފާތު އެކި ވައްތަރުގެ ގިނަ ޕްރޮޑަކްޓުތައް ހުރެ އެވެ.