Roadha Mihaaru
ފޯނުން ވިޔަފާރިކުރެވޭ ގޮތް ވެލިގާ އިން ހަދައިފި

ފޯނުން ވިޔަފާރިކުރެވޭ ގޮޮތް ވެލިގާ ހާޑްވެއާ އާއި ބްލަންކް އިން ހަމަޖައްސައިފި

18 މާޗް 2020

ފޯނު މެދުވެރިކޮށް ވެލިގާ އާއި ބްލަންކްގެ ފިހާރަތަކުން ވިޔަފާރިކުރެވޭ ގޮތް ހަމަޖައްސައި އެ ތަންތަނުން ގަންނަ މުދާ ހިލޭ ޑެލިވަރީ ކުރެވޭ ގޮތް މިއަދު ހަމަޖައްސައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ފޯނު މެދުވެރިކޮށް ވެލިގާ އާއި ބްލަންކްގެ ފިހާރަތަކުން ވިޔަފާރިކުރެވޭ ގޮތް ހަމަޖައްސައި އެ ތަންތަނުން ގަންނަ މުދާ ހިލޭ ޑެލިވަރީ ކުރެވޭ ގޮތް މިއަދު ހަމަޖައްސައިފި އެވެ.

މި ދުވަސްވަރު ދުނިޔޭގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދޭ އެންމެ ބޮޑު އެއް ކަމަކީ މީހުންނާ ވީހާ ވެސް ބޮޑަށް އެކަހެރިކޮށް އުޅުމެވެ.

ވެލިގާ ހާޑްވެއާ އިން މިއަދު ކުރި ޓްވީޓެއް

ވެލިގާ ހާޑްވެއާ އާއި ބްލަންކް އިން މި ހިދުމަތްތައް މި ދުވަސްވަރު މި ތައާރަފްކުރީ މިކަމަށް އެއްބާރުލުން ދޭން ކަމަށް ވެލިގާ ހާޑްވެއާ އިން ބުންޏެވެ. އެ ހިދުމަތްތައް ބޭނުންކުރަން އެ ދެ ތަނުގެ ފިހާރަތަކުން ވަނީ ހާއްސަ ހޮޓްލައިންތަކެއް ތައާރަފްކޮށްފަ އެވެ. އެއިން ކޮންމެ ހޮޓްލައިނަކަށް ގުޅުމުން ވެސް އެތަނުގެ ހުރި މުދަލާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށާއި އަދި އެތަނުގައި ހުރި ތަކެތި އޯޑަރު ކުރެވޭނެ ކަމަށް ވެލިގާ ހާޑްވެއާ އިން ބުންޏެވެ.

ދުވަހުން ދުވަހަށް ޑެލވަރީ ލިބޭނީ މެންދުރު 3:00 ގެ ކުރިން ކުރާ 100ރ. އަށް ވުރެ މަތީގެ އޯޑަރުތަކަށެވެ.

ވެލިގާ އަދި ބްލަންކްގެ ފިހާރަތަކުގެ ހޮޓްލައިންތައް

- ވެލިގާ ހާޑްވެއާ (މާފަންނު): 9402089

- ވެލިގާ ހާޑްވެއާ (ޖަނަވަރީމަގު): 9402090

- ވެލިގާ ހާޑްވެއާ (ބާޒާރު): 9402097

- ވެލިގާ ހާޑްވެއާ (މަޖީދީ މަގު): 9402098

- ވެލިގާ ހާޑްވެއާ (ހުޅުމާލެ): 9402099

- ބްލަންކް (މާލެ): 9402081

- ބްލަންކް (ހުޅުމާލެ): 9402084

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 އަށް ރާއްޖޭން 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެންވެ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.