Roadha Mihaaru
ފަރުދީ އެވޯޑަށް ވުރެ މުހިންމީ ތަށިތަކެއް ހޯދުން: ކޭން

ފަރުދީ އެވޯޑަށް ވުރެ މުހިންމީ ތަށިތަކެއް ހޯދުން: ކޭން

29 އެޕްރީލް 2021

ލަންޑަން (އޭޕްރީލް 29) - ފަރުދީ އެވޯޑްތަކަށް ވުރެ އޭނާ އަށް މުހިންމީ ޓީމާ އެކު ތަށިތަކެއް ހޯދުން ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވަޑް ހެރީ ކޭން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (އޭޕްރީލް 29) - ފަރުދީ އެވޯޑްތަކަށް ވުރެ އޭނާ އަށް މުހިންމީ ޓީމާ އެކު ތަށިތަކެއް ހޯދުން ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވަޑް ހެރީ ކޭން ބުނެފި އެވެ.

ޖުލައި މަހު 28 އަހަރު ފުރޭ، ކޭންގެ އިންޑިވިޖުއަލް ކެރިއާގައި އެންމެ ފާހަގަ ކުރެވޭ ސީޒަނަކީ މި ފަހަރުގެ ސީޒަނެވެ. އޭނާ ވަނީ 31 ގޯލް ޖަހައި އިތުރު 16 ގޯލް ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. އެކަން އަގުވަޒަން ކުރުމުގެ ގޮތުން އަންގާރަ ދުވަހު ލަންޑަން ފުޓްބޯޅަ އެވޯޑްގައި ކޭން އަށް އަށް ވަނީ ޕްރިމިއާ ލީގުގެ، އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދީފަ އެވެ.

ނަމަވެސް، ކޭން އަށް ފަރުދީ އެވޯޑަކުން މާ ބޮޑު އުފަލެއް ނުލިބެ އެވެ. އޭނާ ބުނީ ފަރުދީ އެވޯޑަކީ ވެސް މުހިންމު އެއްޗެއް ކަމަށާއި ނަމަވެސް އެންމެ ބޮޑު ކާމިޔާބަކީ ޓީމާ އެކު ތަށިތަކެއް ހޯދުން ކަމަށެވެ.

"ކުޅުންތެރިއެއްގެ ގޮތުން އަހަރެންގެ އަމާޒަކީ ޓީމަށް ތަށިތަކެއް ހޯދައިދިނުން،" ކޭން ބުންޏެވެ. "އަހަރެން ބޭނުމީ ޓީމެއްގެ ގޮތުގައި ހޯދާ އެންމެ ބޮޑު އިނާމު ހޯދަން."

ޓޮޓެންހަމް އޮތީ ޕްރިމިއާ ލީގުގެ ތާވަލުގެ ހަތް ވަނައިގަ އެވެ. ކޭން ބުނީ މި ސީޒަނަކީ ހުރިހާ ގޮތަކުން ވެސް ޓޮޓެންހަމަށް ނާކާމިޔާބު ސީޒަނެއް ކަމަށެވެ. މިހާރުގެ ޓާގެޓަކީ ކުރިއަށް އޮތް ފަސް މެޗު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ޖާގަ އަށް ވާދަކުރުން ކަމަށް އޭނާ ބުންޏެވެ.