Roadha Mihaaru
ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަނީ

ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން މިއަދު މަޝްވަރާކުރާނަން: ރައީސް

03 މެއި 2021

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ފިޔަވަޅުތައް ހަރުދަނާ ކުރަން މިއަދު މަޝްވަރާކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ފިޔަވަޅުތައް ހަރުދަނާ ކުރަން މިއަދު މަޝްވަރާކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަތިވަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ބަލިން ރައްކާތެރިވާން އިއުލާނުކޮށްފައިވާ ފިޔަވަޅުތަކަށް ސަމާލުވާން އެ އިލްތިިމާސްކުރެއްވި އެވެ.

އިއްޔެ އެކަނި ވެސް 500 އަށް ވުރެ ގިނަ ކޮވިޑް ކޭސް ޜާއްޖޭން ފެނިފައިވެ އެވެ. އެއީ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާ ދުވަހެވެ.

ބަލީގެ ހާލަތު ކޮންޓްރޯލުގައި އޮތުމަށް ފަހު ފާއިތުވި ހަފުތާގެ ތެރޭގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން ރިކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އެއް ދުވަހުން އަނެއް ދުވަހަށް، ބަލި ޖެހޭ މީހުން ގިނަވުމެ އެކްޓިވް ކޭސްތައް ވެސް 5،000 އަށް ވުރެ ވަނީ އިތުރުވެފަ އެވެ. މި ވަގުތު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑްގެ 5،594 އެކްޓިވް ކޭސް ހިމެނެ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 172 މީހަކަށް ފަރުވާދެ އެވެ.

އެޗްޕީއޭ އިން މިހާރު ވަނީ މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކުގައި، ޒަރޫރީ ބޭނުންތަކުގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދިއުން މާދަމާ އިން ފެށިގެން މަނާކުރަން ނިންމައިފަ އެވެ.