Roadha Mihaaru
ހަފުތާއެއް ފަހުން ލުއިތަކެއް ދެވޭތޯ ބަލާނެ: ރައީސް

އަޅާފައިވާ ފިޔަވަޅުތަކަށް ހަފުތާއެއް ފަހުން ލުއި ދެވޭތޯ ބަލާނެ: ރައީސް

08 ޖޫން 2021

ކޮވިޑް ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު ހަމަވުމުން އަދި އިތުރު އެއް ހަފުތާއަށް ދެމެހެއްޓުމަށް ފަހު ހާލަތަށް ބަލައި ދެވެން ހުރި ލުއިތަކެއް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ ވިދާޅުވެއްޖެ އެވެ.

ކޮވިޑް ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު ހަމަވުމުން އަދި އިތުރު އެއް ހަފުތާއަށް ދެމެހެއްޓުމަށް ފަހު ހާލަތަށް ބަލައި ދެވެން ހުރި ލުއިތަކެއް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ މިދިޔަ މެއި މަހަކީ ކޮވިޑްގައި މިހާތަނަށް ހޭދަކުރި އެންމެ އުނދަގޫ މަސް ކަމަށެވެ. ފިޔަވަޅުތައް ހަރުކަށިކުރި ފަހުން ބައްޔަށް ޕޮޒިޓިވްވާ ރޭޓް ދަށަށް ދިޔަ ކަމުގައި ވިޔަސް އަދިވެސް ފިޔަވަޅުތައް ހިފަހައްޓަންޖެހޭ ކަމަށާއި އެހެންވެ ޓެގް ޓީމުގެ ލަފަޔާ އެކު އިތުރު އެއް ހަފުތާ އަށް ފިޔަވަޅުތައް ދަމަހައްޓަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސިންގަޕޫރްގެ އެސްޓްރަޒެނެކާ ކުންފުނިން ގަންނަން މަސައްކަތްކުރާ 500،000 ޑޯޒްގެ ކޮވިޑް ވެކްސިން މި މަހު ލިބޭނެ ކަމަށް ކުރިން ބެލެވުނަށް މިއަދު އެ ކުންފުންޏާ ބައްދަލުކުރުމުން، ވެކްސިން ލިބޭނީ އަންނަ މަހު ކަމަށް މިހާރު ބުނެފައިވާ ކަމަށެވެ. ރަޝިއާގެ ސުޕަޓްނިކް ވެކްސިން ގަތުމުގެ އެއްބަސްވުން އޮތީ ސޮއިކުރާ ހިސާބުގައި ކަމަށާއި އެމެރިކާ އިން ވެސް ދޭ ވެކްސިން ވެސް މި މަހު ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެމެރިކާ އިން ލިބޭނީ ކިހާ ވެކްސިނެއް ކަމެއް އަދި ކޮން ވައްތަރެއްގެ ވެކްސިނެއް ކަމެއް އަދި ނޭނގޭ ކަމަށެވެ.

މިއަދުގެ ޕްރެސްގައި ރައީސްގެ އިތުރުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ޑރ. ނަޒްލާ މުސްތަފާ ބައިވެރިވެވަޑައިގަތެވެ.

ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވި ގޮތުގައި މިފަހަރު ލުއިތައް ދޭނީ މަޑުމަޑުން، ހާލަތަށް ބަލައިގެން ކަމަށެވެ. ރައީސް ވެސް ޕްރެސްގައި ވިދާޅުވި ގޮތުގައި ފިޔަވަޅުތައް ކުއްލިއަކަށް ދޫކޮށްލުމުގެ ނަތީޖާ އޭޕްރީލް މަހު އިންތިޚާބާ ދިމާކޮށް ދިން ލުއިތަކުގައި ވަނީ ފެނިފަ އެވެ. އެހެންވެ މިފަހަރު އެހެން ނުވާނެ ގޮތަކަށް ކަންކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް ބޭރުގައި އުޅޭ ވަގުތު މަދުކުރުމާ އެކު އަނެއްކާވެސް ވަނީ ކޭސްތައް މަދުވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު ވެސް މަދުވާން ފަށައިފަ އެވެ.

އިއްޔެގެ އިރުއޮއްސި 6:00 އާ ހިސާބަށް ރާއްޖޭން ކޮވިޑްގެ 68,502 ކޭސް ފެނިފައި ވާއިރު އޭގެ ތެރެއިން 49,844 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލީގައި 188 މީހަކު ވަނީ މަރުވެފަ އެވެ.