Roadha Mihaaru
ހެޔޮވެރިކަމެއް ހޯދައިދިނުމުގައި ދެމިހުންނާނަން: ނަޝީދު

ހެޔޮވެރިކަމެއް ހޯދައިދިނުމުގައި ދެމިހުންނާނަން: ނަޝީދު

12 މެއި 2021

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް މަރުހަބާ އާއި ޝުކުރު އަދާކުރައްވާ ކަމަށާއި އަދި ހެޔޮވެރިކަމެއް ހޯދައިދިނުމުގައި ދެމިހުންނަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. ނަޝީދު މިފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ މަނިކުފާނަށް ދިން ޓެރަސްޓް ހަމަލާއަށް ފަހު ކުރެއްވި ފުރަތަމަ ޓުވީޓުގަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅުން ތިޔަ ބޭފުޅުން ތި އެދިވަޑައިގަންނަވާ ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން،" މާދަމާ ފާހަގަކުރާ ކުޑަ އީދު ތަހުނިޔާ ފޮނުއްވަމުން އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

ނަޝީދުގެ ޓުވީޓް

ކުރުނބާ ރިސޯޓަށް ވަޑައިގަތުމަށްޓަކައި ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އެ މަނިކުފާނު އަވަހާރަކޮށްލަން ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު ދިން ހަމަލާގައި ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު، އިތުރު ފަރުވާއަށް ނަޝީދު މާދަމާ ޖަރުމަނަށް ފުރާ ވަޑައިގަންނަވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބޮން ގޮއްވާލުމުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާ އަދި ބައިވެރިވި ކަމަށް ތުހުމަތުވާ މއ. ފޭރުގޭ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދެވެ.

މި ހަމަލާގެ ފަހަތުގައި ތިބީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. ނަޝީދު އަވަހާރަކޮށްލަން ދީފައި ވަނީ ވަރަށް ވަރުގަަދަ ހަމަލާއެއް ކަމަށް އެމްއެންޑީއެފުން ވެސް ވަނީ ބުނެފަ އެވެ.