Roadha Mihaaru
މެދުކަނޑާލި ޑެންމާކް މެޗު ނިމުނު ހިސާބުން ފަށަނީ

ޑެންމާކްގެ އެރިކްސަން ހޭނެތުމުން ހުއްޓާލި މެޗު ފަށަނީ

12 ޖޫން 2021

ކޯޕަންހޭގަން (ޖޫން 12) - ޔޫރޯގެ ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި މިރޭ ޑެންމާކް އާއި ފިންލެންޑް މެޗު ކުޅެމުން ދަނިކޮށް ޑެންމާކްގެ މިޑްފީލްޑާ ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓި ހޭނެތުމުން، ވަގުތީ ގޮތުން ސަސްޕެންޑް ކުރި މެޗު ހު ރާއްޖޭގަޑިން މިރޭ 11:30 ގައި ފަށާނެ ކަމަށް ޔޫއެފާއިން އިއުލާން ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޯޕަންހޭގަން (ޖޫން 12) - ޔޫރޯގެ ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި މިރޭ ޑެންމާކް އާއި ފިންލެންޑް މެޗު ކުޅެމުން ދަނިކޮށް ޑެންމާކްގެ މިޑްފީލްޑާ ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓި ހޭނެތުމުން، ވަގުތީ ގޮތުން ސަސްޕެންޑް ކުރި މެޗު ހު ރާއްޖޭގަޑިން މިރޭ 11:30 ގައި ފަށާނެ ކަމަށް ޔޫއެފާއިން އިއުލާން ކޮށްފި އެވެ.

އެ މެޗު ފަށާނީ، މެޗު ނިންމާލި ހިސާބުންނެވެ. މެޗުގެ 43 ވަނަ މިނެޓްގައި އެރިކްސަން ދަނޑުމައްޗަށް ވެއްޓުނެވެ. މެޗު ފަށާނީ 43 ވަނަ މިނެޓުން ފެށިގެންނެވެ.

އެރިކްސަން އަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ޔޫއެފާއިން ބުނީ އޭނާގެ ހާލަތު އާންމު ހާލަތަކަށް އައިސްފައިވާ ކަމަށެވެ.

ޔޫރޯ 2020 ގެ ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި ޑެންމާކް އާއި ފިންލެންޑް ކުޅުނު މެޗުގައި ޑެންމާކްގެ މިޑްފީްލޑަރު ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓި ހޭ ނެތުމުން މެޗު ވަނީ ސަސްޕެންޑް ކޮށްފަ

ޔޫރޯ 2020 ގެ ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި ޑެންމާކް އާއި ފިންލެންޑް ކުޅުނު މެޗުގައި ޑެންމާކްގެ މިޑްފީްލޑަރު ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ވެއްޓި ހޭ ނެތުމުން މެޗު ވަނީ ސަސްޕެންޑް ކޮށްފަ

ދަނޑުމަތީގައި އޭނާއަށް އަވަސް ފަރުވާ ދެމެން ގެންދިޔައިރު، ޑެންމާކްގެ ކުޅުންތެރިން ވަނީ އޭނާ ވަށާލައި ކެމެރާތަކަށް އެރިކްސަން ނިވާކޮށްދީފަ އެވެ.

މެޗުގައި އެ ހާހިސާބަށް ޑެންމާކުން ދިޔައީ ވަރަށް ރަނގަޅަށް ކުޅެމުންނެވެ. ގިނަ ހަމަލާތަކެއް އެ ޓީމުން އުފެއްދި އެވެ. އެ ހަމަލާތަކުގައި އިންޓަ މިލާންގެ މީޑްފީލްޑާ އެރިކްސަން މުހިންމު ދައުރެއް އަދާ ކުރަމުން ދިޔަ އެވެ.

ޔުއެފާ އިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި އެރިކްސަންގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.