Roadha Mihaaru
ހޮސްޕިޓަލުން ދޫކޮށްލުމުން އެރިކްސަން ޓީމުގެ ކޭމްޕަށް

ހޮސްޕިޓަލުން ދޫކޮށްލުމުން އެރިކްސަން ދިޔައީ ޓީމާ ބައްދަލުކުރަން

19 ޖޫން 2021

ކޯޕަންހޭގަން (ޖޫން 19) - ޔޫރޯގައި ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި ހާޓް އެޓޭކެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓުނު ކްރިސްޓިއަން އެރިކްސަން ހިތުގެ އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ޓީމުގެ ކޭމްޕަށް ޒިޔާރަތްކޮށް ސްކޮޑާ ބައްދަލު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޯޕަންހޭގަން (ޖޫން 19) - ޔޫރޯގައި ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި ހާޓް އެޓޭކެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓުނު ކްރިސްޓިއަން އެރިކްސަން ހިތުގެ އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ޓީމުގެ ކޭމްޕަށް ޒިޔާރަތްކޮށް ސްކޮޑާ ބައްދަލު ކޮށްފި އެވެ.

ޑެންމާކްގެ އެފްއޭ އިން ނެރުނު ބަޔާނުގއި ބުނެފައި ވަނީ، ހޮސްޕިޓަލުން ދޫކޮށްލުމުން، ގައުމީ ޓީމުގެ ކޭމަޕަށް ގޮސް އެރިކްސަން ޓީމާ ބައްދަލު ކުރި ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ބެލްޖިއަމްއާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގައި ދެއްކި ކުޅުމަށް ތައުރީފް ކުރި ކަމަށް ބުނެފައިވެ އެވެ.

އެރިކްސަންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އޭނާގެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އަދި އެންމެން އޭނާ އަށް ހެޔޮއެދުންތައް ފާޅުކޮށް ހާމަކުރި ޝުއޫރުތަކަށް ޝުކުރު އަދާ ކޮށްފައި އެވެ.

"ޓީމު މޭޓުންނާ ބައްދަލު ކުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އެރިކްސަންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ. "އެ ކުޅުންތެރިން ވަނީ ވަރަށް ރަނގަޅު މެޗެއް ކުޅެފައި."

ބެލްޖިއަމް އާއި ޑެންމާކް ކުޅުނު މެޗު ވަނީ އެރިކްސަން އަށް ހާއްސަ ކޮށްފަ އެވެ. މެޗުގެ 10 ވަނަ މިނިޓުގައި މެޗުގައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މެޗު މެދުކަނޑާލައި އެރިކްސަންޓަކައި ވަގުތު ކޮޅެއް ހާއްސަ ކޮށްފަ އެވެ. ޑެންމާކްގައި އެރިކްސަން ބޭނުން ކުރަނީ ޖޯޒީ ނަންބަރު 10 އެކެވެ.