17 ޖޫން 2021
ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާގެ ފިރިމީހާ ޖޭ މެހެތާ ފެންނަ ގޮތުން އެއީ އުމުރުގެ ގޮތުން ވަރަށް ތަފާތު ދެ މީހުން ކަމަށް ހީވެދާނެ އެވެ. އެއީ ޖޫހީ އަށް ވުރެ އުމުރުން މާ ގިނަ ދުވަސް ވެފައި ހުރި ކަމަށް ފެންނާތީ އެވެ.
ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާގެ ފިރިމީހާ ޖޭ މެހެތާ ފެންނަ ގޮތުން އެއީ އުމުރުގެ ގޮތުން ވަރަށް ތަފާތު ދެ މީހުން ކަމަށް ހީވެދާނެ އެވެ. އެއީ ޖޫހީ އަށް ވުރެ އުމުރުން މާ ގިނަ ދުވަސް ވެފައި ހުރި ކަމަށް ފެންނާތީ އެވެ.
އެކަމަކު މެހެތާ އަކީ ޖޫހީއާ އުމުރުގެ ގޮތުން މާ ބޮޑު ފަރަގެއް ހުރި މީހެއް ނޫނެވެ. ޖޫހީގެ އުމުރަކީ 53 އެވެ. މެހެތާގެ އުމުރަކީ 60 އެވެ.
އެހެންވެ ޖޫހީއާ އެކު ފިލްމުތައް ކުޅުނު އަނިލް ކަޕޫރާއި ޝާހްރުކް ޚާނާއި އާމިރު ޚާން ފަދަ އެކްޓަރުންނާ މެހެތާގެ އުމުރާ ވެސް މާ ބޮޑު ތަފާތެއް ނެތެވެ. އަނިލް އަކީ ހަގީގަތުގައި މެހެތާ އަށް ވުރެ ހަތަރު އަހަރު ދޮށި މީހެކެވެ. ތަފާތަކީ އަނިލްގެ ޒުވާންކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމެވެ. ޝާހްރުކާއި އާމިރާއި މެހެތާގެ އުމުރު އަޅާކިޔާ ނަމަ ފަރަގަކީ ހަތަރު އަހަރެވެ.
މިސް އިންޑިއާގެ ތާޖު 1984 ގައި ހާސިލުކޮށް، ޖޫހީ ބޮލީވުޑަށް ނުކުތީ 1986 ގެ ފިލްމު "ސުލްތާން" އިން ނެވެ. އެކަމަކު އޭނާގެ ވިދުން ގަދަކޮށްލި ފިލްމަކީ އާމިރުގެ ފުރަތަމަ ފިލްމު 1988 ގެ "ގަޔާމަތު ސޭ ގަޔާމަތު ތަކް" އިންނެވެ.
ޖޫހީ އަކީ 90 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދައިލި އެއް ބަތަލާ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅުނު ބަތަލާ ކައިވެނިކުރީ ކެރިއަރުގެ އެންމެ ރަންޒަމާނުގައި 1995 ގަ އެވެ. ފިރިމީހާ މެހެތާ އަކީ ވިޔަފާވެރިއެކެވެ. މެހެތާ ގްރޫޕްގެ ނަމުގައި ހަދާފައިވާ ކުންފުންޏެއްގެ ދަށުން މެހެތާ އަކީ ދުނިޔޭގެ އެތައް ތަނެއްގައި ވިޔަފާރި ހިންގާ އިންޑިއާގެ ނުފޫޒުގަދަ ވިޔަފާރިވެރިއެކެވެ. އޭނާގެ ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން އެމެރިކާ އާއި ކެނެޑާ އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތައް ހިމެނެ އެވެ.
މެހެތާ (ކ) އަދި ޝާހްރުކާއި ޖޫހީ.
ޖޫހީ ހިއްސާވާ އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގެ މަޝްހޫރު ޓީމް ކަލްކަތާ ނައިޓް ރައިޑާ (ކޭކޭއާރް) އަކީ ވެސް މެހެތާގެ ހިއްސާ އޮންނަ ޓީމެކެވެ. ޝާހްރުކަކީ ވެސް ޓީމްގެ ހިއްސާދާރެކެވެ.
ޖޫހީ އާއި މެހެތާ އަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ޖާންވީ މެހެތާ، 20، އާއި އަރުޖުން މެހެތާ، 17، އެވެ. މަންމަ ފިލްމީ ތަރިއަކަށް ވިޔަސް، ޖޫހީގެ ދެ ދަރިންނަކީ އެއްވެސް ވަރަކަށް އެކްޓިން އަށް ޝައުގުވެރިކަންދޭ ބައެއް ނޫނެވެ.
މި އާއިލާ އަކީ ވަރަށް ތަނަވަސްކޮށް އުޅޭ އުފާވެރި އާއިލާއެކެވެ.
ޖޫހީ އުޅޭ ފިލްމެއް އަންނަ މަހު ނެޓްފްލިކްސް އަށް
ކައިވެންޏަށް ފަހު ވިކީ ކުޅުނު ފުރަތަމަ ފިލްމު ނިމިއްޖެ
ކުރީގެ އަންހެނުންގެ އާ ފިލްމު އާމިރު ޕްރޮޑިއުސް ކުރަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އާމިރާއި ސަންޖީދާ ވަރިވެއްޖެ
ފަރުހާނާއި ޝިބާނީގެ ކައިވެނި މާޗުގައި
ކާޖަލް އަށް ވެސް ކުއްޖަކު ލިބެނީ
"ޑުޕްލިކޭޓް" އަކީ އާލިއާ އަށް ދައްކަން ހެދި ފިލްމެއް
ނަމްބަރު ޕްލޭޓެއްގެ މައްސަލައިގައި ވިކީ ޕޮލިހަށް
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟