Roadha Mihaaru
ބްރެޒިލްގެ ރެކޯޑް ނިމުމަކަށް ގެނެސް އެކުއެޑޯ ކުއާޓާއަށް

ބްރެޒިލްގެ ރެކޯޑް ނިމުމަކަށް ގެނެސް އިކުއެޑޯ ކުއާޓާއަށް

28 ޖޫން 2021

ގޮޔާޒް، ބްރެޒިލް (ޖޫން 28 ) - މެޗު 1-1 އިން އެއްވަރުކޮށް މޮޅުވުމުގެ ޓްރެކެއްގައި ކުރިއަށް ދިޔަ ބްރެޒިލްގެ އެ ރެކޯޑަށް ނިމުން ގެނެސް އެކުއެޑޯ އިން ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަަލަށް ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގޮޔާޒް، ބްރެޒިލް (ޖޫން 28 ) - މެޗު 1-1 އިން އެއްވަރުކޮށް މޮޅުވުމުގެ ޓްރެކެއްގައި ކުރިއަށް ދިޔަ ބްރެޒިލްގެ އެ ރެކޯޑަށް ނިމުން ގެނެސް އެކުއެޑޯ އިން ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަަލަށް ދަތުރު ކޮށްފި އެވެ.

ނޮވެމްބަރު 2019 އިން ފެށިގެން ބްރެޒިލުން ދިޔައީ މޮޅުވުމުގެ ރެކޯޑްގައި ހިފަހައްޓަމުންނެވެ. ނޮވެމްބަރު 19، 2019 ގައި އާޖެންޓީނާ އަތުން ބަލިވި ފަހުން، ރޭގެ މެޗާ ހަމައަށް ކުޅުނު 10 މެޗުން ވެސް ބްރެޒިލް ވަނީ މޮޅު ވެފަ އެވެ.

މެޗަށް ނުކުތް އިރުވެސް ކުއާޓާ އަށް ބްރެޒިލް ދަތުރުކޮށްފައި ވުމުން، އެ ޓީމުގެ ކޯޗު އެޑެނޯ ލިއޮނާޑޯ ބާކީ (ޓީޓޭ) ވަނީ ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ، ނޭމާ، ގެބްރިއަލް ޖެސޫސް، ތިއާގޯ ސިލްވާ އަށް ރެސްޓް ދީފަ އެވެ. މިޑްފީލްޑާ ކާލޯސް ކަސެމީރޯ ކުޅެން ނުކުތީވެސް ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ބްރެޒިލް އާއި އެކުއެޑޯ ކުޅުނު މެޗުގައި --- ފޮޓޯ: އޭޕީ

ބްރެޒިލް އާއި އެކުއެޑޯ ކުޅުނު މެޗުގައި --- ފޮޓޯ: އޭޕީ

މެޗުގައި ބްރެޒިލަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގައި ޑިފެންޑަރު އެޑާ މިލިޓާއޯ އެވެ. ދެ ވަނަ ހާފުގައި އިކުއެޑޯގެ އޭންޖަލް މީނާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

އެ ގުރޫޕްގައި ރޭ ކުޅުނު ދެ ވަނަ މެޗުގައި ޕެރޫ އިން އިން ވަނީ ވެނެޒުއޭލާ ބަލިކޮށްފަ އެވެ. ވެނުޒުއެލާ އަށް މުބާރާތުގައި ކުރިމަތިވީ ހިތްދަތި ގޮތެކެވެ. އެ ޓީމުގެ އަށް ކުޅުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އެ ކުޅުންތެރިންނަށް ކުޅެވޭ ގޮތެއް ނުވި އެވެ.

ކުއާޓާގައި ބްރެޒިލް، ޕެރޫ، ކޮލަމްބިއާ އަދި އިކުއެޑޯ ކުޅެން ޖެހޭނެ ޓީމުތައް އެނގޭނީ ގުރޫޕް އޭގެ ނަތީޖާތަކަށް ފަހު އެވެ. ގުރޫޕް އޭގެ ފަހު މެޗުތަކުގައި މިރޭ އުރުގުއޭ އާއި ޕެރަގުއޭ އަދި ބޮވީވިއާ އާޖެންޓީނާ ވާދަ ކުރާނެ އެވެ.