Roadha Mihaaru
ބޫޓު ސާފުކުރަން ވެސް ދަތް އުނގުޅާ ބޭސް

ބޫޓު ސާފުކުރަން ވެސް ދަތްއުނގުޅާ ބޭސް

06 ޖުލައި 2021

ސްނީކާޒް ނުވަތަ ބޫޓު ހަޑިވެ ބާ އެއްޗެއްހެން ހީވާ ނަމަ ދަތްއުނގުޅާ ބޭހަކީ އެންމެ ރީއްޗަށް އެ ސާފުކޮށްދޭނެ ބޭހެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްނީކާޒް ނުވަތަ ބޫޓު ހަޑިވެ ބާ އެއްޗެއްހެން ހީވާ ނަމަ ދަތްއުނގުޅާ ބޭހަކީ އެންމެ ރީއްޗަށް އެ ސާފުކޮށްދޭނެ ބޭހެވެ.

ދަތް އުނގުޅާ ބުރުހަކާއި ދަތް އުނގުޅާ ބޭސް ހޯދާށެވެ. ބޫޓުގެ ނާޑުވާ ނަގާފައި ބޫޓު ސާފުކޮށްލައި ރަނގަޅަށް ފޮޅައިލާށެވެ. ދެން ބުރުހުގައި ބޭސް ޖެހުމަށް ފަހު، ބޫޓުގައި އެންމެ ބޮޑަށް ހަޑިވެފައި ހުރި ތަންތަނުގައި އުނގުޅާށެވެ.

މާ ބާރަށް އުނގުޅާ ނަމަ ބޫޓު ހަލާކުވެދާނެ އެވެ. މަޑުމަޑުން ގިނައިރު އުނގުޅާށެވެ. އިރުކޮޅަކުން ބޮޑު ތަފާތެއް ފެންނާނެ އެވެ.

ބޫޓުގެ އެތެރޭގައި ނުބައި ވަސް ހިފާފައި ހުރި ނަމަ އޭގެ ތެރެއަށް ބޭކިން ސޮޑާ ބުރުއްސާފައި ބަހައްޓާށެވެ. އޭރުން ނުބައި ވަސް ވެސް ނައްތާލަދޭނެ އެވެ.

އެކަމަކު ދެން އަަރަންވީމާ އެތެރެ ފޮޅާލައި ރަނގަޅަށް ސާފުކޮށްލަންވާނެ އެވެ.