Roadha Mihaaru
ވަރުގަދަ ކެމިކަލުން ނޫނަސް ފާހާނާތަށި ސާފުކޮށްލެވޭނެ

ވަރުގަދަ ކެމިކަލުން ނޫނަސް ފާހާނާތަށި ސާފުކޮށްލެވޭނެ

12 ޖުލައި 2021

ފާހާނާ ސާފުކުރަން އާންމުކޮށް ބޭނުންކުރާ އެއްޗެހިން ސާފުކަމާއި އޮފުކަން ނާންނަ ނަމަ، ބޭނުން ކުރެވިދާނެ އެހެން އުކުޅުތަކެއް އެބަ ހުއްޓެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާހާނާ ސާފުކުރަން އާންމުކޮށް ބޭނުންކުރާ އެއްޗެހިން ސާފުކަމާއި އޮފުކަން ނާންނަ ނަމަ، ބޭނުން ކުރެވިދާނެ އެހެން އުކުޅުތަކެއް އެބަ ހުއްޓެވެ.

ބޭކިން ސޮޑާ އާއި އެސެންޝަލް އޮއިލް ބޭނުންކޮށްގެން ފާހާނާތަށީގެ ސާފުކަމާއި ރީތިކަން ގެނެވިދާނެ އެވެ. ސްޕްރޭ ފުޅިއަކަށް ޖޯޑެއްގެ ބޭކިން ސޮޑާ އެޅުމަށް ފަހު އޭގެ ތެރެއަށް 15 ތިކި އެސެންޝަލް އޮއިލް އަޅާށެވެ. އެސެންޝަލް އޮއިލްގެ ގޮތުގައި ޓީ ޓްރީ، ލެވެންޑާ ނުވަތަ އޮރެންޖް ނުވަތަ ލެމަން އެސެންޝަލް އޮއިލް ވެސް ބޭނުން ކުރެވިދާނެ އެވެ.

ފުޅި އަށް މި އަޅާފައި ރަނގަޅަށް ހަލުވައި އެއްކޮށްލުމަށް ފަހު، ފާހާނާތައްޓަށް ސްޕްރޭކޮށްފައި ބައި ގަޑިއެއްހާ އިރު ބަހައްޓާނީ އެވެ، އޭގެ ފަހުން ބުރުހުން ރަނގަޅަށް އުނގުޅާލައި، ފްލަޝްކޮށްލުމުން ތަށި ސާފުވެ އޮފުކަން ފާހަގަކުރެވޭނެ އެވެ. އަދި ވަސް ވެސް ރަނގަޅުކޮށް ދޭނެ އެވެ.

ބޭރަށް މި ސްޕްރޭކޮށްލައިގެން ވެސް ފާހާނާތަށީގެ ސާފުކަން ގެނެވިދާނެ އެވެ.

މީގެ އިތުރުން ފާހާނާތަށި ސާފުކޮށްލެވިދާނެ އަނެއް ގޮތަކީ ބޭކިން ސޮޑާ އާއި ވިނިގާ ބޭނުން ކުރުމެވެ. ޖޯޑެއްގެ ހުދު ވިނިގާގެ ތެރެއަށް ބައި ޖޯޑުގެ ބޭކިން ސޮޑާ އަދި ހޫނު ފެން އެޅުމަށް ފަހު ރަނޅަށް އެއްކޮށްލާށެވެ. ދެން ތަށީގެ ތެރެއަށް އޮއްސާލާފައި ފަސް ވަރަކަށް މިނިޓް ވަންދެން ބެހެއްޓުމަށް ފަހު، ފްލަޝްކޮށްލާށެވެ.