Roadha Mihaaru
ޝަވަރު ބެދުނީމާ ލާންވީ ވިނިގާ ފެނަށް

ޝަވަރު ބެދުނީމާ ލާންވީ ވިނިގާ ފެނަށް

17 ޖޫން 2021

ފެންވަރާ ޝަވަރުގެ ލޯވަޅުތަކުން ރަނގަޅަށް ފެން ނާންނަ ނަމަ ޝަވަރު ބަދަލުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ގިނަ ފަހަރަށް މި ގޮތަށް ދިމާވަނީ ޝަވަރުގެ އެއްވެސް މައްސަލައަކުން ނޫނެކެވެ. ފެނުގެ ކޮލިޓީ ދަށް ނަމަ ޝަވަރުގެ ލޯވަޅުތައް ބެދުމަކީ އާންމުކޮށް ދިމާވެދާނެ ގޮތެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފެންވަރާ ޝަވަރުގެ ލޯވަޅުތަކުން ރަނގަޅަށް ފެން ނާންނަ ނަމަ ޝަވަރު ބަދަލުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ގިނަ ފަހަރަށް މި ގޮތަށް ދިމާވަނީ ޝަވަރުގެ އެއްވެސް މައްސަލައަކުން ނޫނެކެވެ. ފެނުގެ ކޮލިޓީ ދަށް ނަމަ ޝަވަރުގެ ލޯވަޅުތައް ބެދުމަކީ އާންމުކޮށް ދިމާވެދާނެ ގޮތެކެވެ.

ޕްލާސްޓިކް ކޮތަޅަށް ފެން އަޅާފައި އޭގެ ތެރެއަށް ހެޔޮވަރު ވަރަކަށް ވިނިގާ އަޅާނީ އެވެ. ބޭނުން ނަމަ ބޭކިން ސޮޑާ ވެސް އަޅާށެވެ.

ދެން ކޮތަޅުގެ ތެރެއަށް ޝަވަރު ލާފައި ބާއްވާނީ އެވެ. އެ ފެނުގެ ތެރެއަށް ޝަވަރު ބައި ލައިފައި އައްސާފާއި ބޭއްވިދާނެ އެވެ. އަދި ހޭންޑް ޝަރަވަރެއް ނަމަ ކޮތަޅު އެއްޗެއްގައި އަޅުވާފައި އޭގެ ތެރެއަށް ޝަވަރު ލާފައި ވެސް ބެހެއްޓިދާނެ އެވެ.

ހަޑިވެފައިވާ ޝަވަރެއް.

ހަޑިވެފައިވާ ޝަވަރެއް.

މި ގޮތަށް ދެތިން ގަޑިއިރު ވަންދެން ވިނިގާ ފެނުގެ ތެރޭގައި ޝަވަރު ބާއްވައިލުމުން ލޯވަޅުތައް ސާފުވެ، ހުރިހާ ލޯވަޅަކުން ހަމަ އާ ޝަވަރަކުން ފެންނަ އަންނަ ގޮތަށް ފެން އަންނާނެ އެވެ. އަދި އެ ފެނުގައި ޖެހޭ ޝަވަރުގެ ބައިތައް ސާފުވެ، އޮފްކަން ވެސް އަންނާނެ އެވެ.

ހުދު ކުލައިގެ ޝަވަރެއް ނަމަ އޭގެ އަސްލު ކުލަ ވެސް އަންނާނެ އެވެ. އަދި ރިހި ކުލައިގެ ޝަވަރެއް ނަމަ، އޭގައި ޖަހާފައި ހުންނަ ފެނުގެ ދަމިލަތައް ފިލައި، ޝަވަރު އާވެ، އޮފުކަން އަންނާނެ އެވެ.

ހަމަ މިގޮތަށް ފާހާނާ ތެރޭގައި ހުންނަ އެހެން އިސްކުރުތައް ވެސް ސާފުކޮށްލަން މި ވިނިގާ ފެން ބޭނުންކުރެވިދާނެ އެވެ.