Roadha Mihaaru
ބަރަހަނާ ފިލްމު ހަދާތީ ޝިލްޕާގެ ފިރިމީހާ ހައްޔަރުކޮށްފި

ބަހަރަނާ ފިލްމު ހެދި މައްސަލައެއްގައި ޝިލްޕާގެ ފިރިމީހާ ހައްޔަރުކޮށްފި

20 ޖުލައި 2021

ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާ ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަަރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާ ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ 45 އަހަރުގެ ވިޔަފާވެރިޔާ ހައްޔަރުކުރީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

މިކަމާ ގުޅިގެން މުމްބާއީ ޕޮލިސް ކޮމިޝަނުން މީޑިއާތަކަށް ދިން ބަޔާނެއްގައި ބުނީ ރާޖް ހައްޔަކުރީ އޭނާއާ ގުޅޭ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މުމްބާއީގެ ކްރައިމް ބްރާންޗަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. މިހާތަނަށް އެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް އެނގިފައިވާ ގޮތުގައި ބަރަހަނާ ފިލްމު ހަދައި، މޮބައިލް އެޕެއްގައި ދައުރުކުރުމުގެ ފަހަތުގައި އިސްކޮށް ހުރީ ރާޖް ކަމަށް ބުންޏެވެ.

ނަމަވެސް މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއްނުކުރެ އެވެ.

ރާޖަކީ އަބަދު ވެސް އެކި ތުހުމަތުތައް ކުރެވި އޭނާގެ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރާ މީހެކެވެ. ކުރިން އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި ހުރީ ވިޔަފާރީގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެވެ. އަދި ޝިލްޕާއާ އެކު ކުރިން ހިއްސާވި ކްރިކެޓް ޓީމަކާ އެކު އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގައި މެޗް ފިކްސިންގެ ތުހުމަތުތަކެއް ވެސް ރާޖަށް ކުރެވިފައިވެ އެވެ.

އޭނާ ހައްޔަރުކުރި އިރު، އަންހެނުން ޝިލްޕާ އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ އަހަރުތަކެއް ފަހުން ކުޅުނު ފުރަތަމަ ފިލްމު "ހަންގާމާ 2" މި މަހުގެ 23 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ.

ޝިލްޕާ އަކީ ސޮނީ ޓީވީގެ "ސުޕަ ޑާންސާ 4" ގެ ޖަޖެއް ވެސް މެ އެވެ.