Roadha Mihaaru
އެންމެ އަވަހަށް ވަޒީފާ ގެއްލޭނެ ކޯޗަކީ މޮރީނިއޯ: ރޮސީ

އެންމެ އަވަހަށް ވަޒީފާ ގެއްލޭނެ ކޯޗަކީ މޮރީނިއޯ: ރޮސީ

20 ޖުލައި 2021

ރޯމް (ޖުލައި 20) - ސެރީ އާގައި ކުރިއަށް އޮތް ސީޒަންގައި އެންމެ އަވަހަށް ވަޒީފާ ގެއްލޭނެ ކޯޗަކީ، އޭއެސް ރޯމާގެ ކޯޗް ހޯޒޭ މޮރީނިއޯ ކަމަށް ފިއޮރެންޓީނާ އާއި ލާޒިއޯގެ ކުރީގެ ކޯޗު ޑެލިއޯ ރޮސީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރޯމް (ޖުލައި 20) - ސެރީ އާގައި ކުރިއަށް އޮތް ސީޒަންގައި އެންމެ އަވަހަށް ވަޒީފާ ގެއްލޭނެ ކޯޗަކީ، އޭއެސް ރޯމާގެ ކޯޗް ހޯޒޭ މޮރީނިއޯ ކަމަށް ފިއޮރެންޓީނާ އާއި ލާޒިއޯގެ ކުރީގެ ކޯޗު ޑެލިއޯ ރޮސީ ބުނެފި އެވެ.

ކުރިއަށް އޮތް ސީޒަންގެ ސެރީ އާ ވެގެންދާނީ ވާދަވެރި ކަމުގައި ތަފާތު ސީޒަނަކަށެވެ. ހޯޒޭ މޮރީނިއޯ އެނބުރި ސެރީ އާ އަށް ދިއުމުގެ އިތުރަށް ހުރިހާ ބޮޑެތި ޓީމަކުން އާ ސީޒަނަށް ނުކުންނަނީ ކޯޗުން ބަދަލު ކޮށްގެންނެވެ. އޭސީ މިލާން ފިޔަވަ އެވެ.

ކްލަބުތަކުގެ އާ ކޯޗުން ބަދަލުވި އިރު އެންމެ އަވަހަށް ވަޒީފާ ގެއްލޭނެ ކޯޗަކީ ކޮބައިތޯ އިިޓަލީގެ ޓީއެމްޑަބްލިއު ރޭޑިއޯއިން ސުވާލު ކުރުމުން ރޮސީ ބުނީ މޮރީނިއޯގެ އިތުރުން އިންޓަ މިލާންގެ ކޯޗު ސިމޯނޭ އިންޒާގީ ކަމަށެވެ.

"އަހަންނަށް ވަރަށް ބޮޑަށް ބެލެވޭ މޮރީނިއޯ ކަމަށް. އެއީ އަހަންނަށް އެނގޭ ރޯމްގައި މަސައްކަތް ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން،" ރޮސީ ބުންޏެވެ. "އަހަންނަށް ބުނެވިދާނެ އިންޒާގީގެ ނަން ވެސް. ސަބަބަކީ އޭނާ އަށް އިންޓަ މިލާންގައި ފަސޭހައެއް ނުވާނެ. އޭނާ ނެގީ ސެރީ އާ ކާމިޔާބު ކޮށްފައިވާ ޓީމެއް. އޭނާ ޖެހޭނެ ކޮންމެވެސް ތައްޓެއް ހޯދަން."

މޮރީނިއޯ ވަނީ ރޯމްގެ ކްލަބާ އެކު ތިން އަހަރުގެ އެއް ބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރި ތިން ކްލަބުގެ ވަޒީފާ ވެސް އޭނާ އަށް ގެއްލުނީ މަގާމުން ވަކި ކުރުމުންނެވެ. އިންޓަ މިލާން އަށް 2010 ގައި ސީޒަންގެ ތިން ތަށި މޮރީނިއޯ ހޯދައިދިނެވެ.

އިންޒާގީ އެންމެ ކުރިން މަސައްކަތް ކުރީ ލާޒީއޯ ގަ އެވެ. ކޯޗުގެ މަގާމުން އޭނާ ވަކި ވުމުން، އެ ޓީމުގެ ކޯޗަކަށް މައުރީޒިއޯ ސާރީ ވަނީ ހަމަޖައްސައިފަ އެވެ.