ވެރޯނާ - (19 ސެމްޓެމްބަރު) - މި ސީޒަނުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީގެ އޭއެސް ރޯމާ ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ. ރަށުން ބޭރުގައި ރޭ ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ރޯމާ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.
20 ސެޕްޓެމްބަރ 2021
ވެރޯނާ - (19 ސެމްޓެމްބަރު) - މި ސީޒަނުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީގެ އޭއެސް ރޯމާ ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ. ރަށުން ބޭރުގައި ރޭ ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ރޯމާ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.
ވެރޯނާއިން މިމެޗަށް ނުކުތީ މިސީޒަނުގައި އެޓީމާ ހަވާލުވި ކޯޗު ޔުސޭބިއޯ ޑި ފްރެންސިސްކޯ އާއެކު ފުރަތަމަ ތިން މެޗުން ވެސް ބަލިވުމުން އޭނާ މަގާމުން ދުރުކޮށް، މިދިޔަ ސީޒަނުގައި ޔުވެންޓަސްގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި އީގޯ ޓޫޑޯގެ އިރުޝާދުގެ ދަށުންނެވެ.
ފުރަތަމަ ހާފުގައި ރޯމާގެ ލޮރެންޒޯ ޕެލެގްރިނީ 'ބެކް-ހީލް ވޮލީ' އަކުން ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުން އެޓީމު ކުރި ހޯދާފައި ވަނިކޮށް ވެރޯނާއިން އެއްވަރުކުރީ ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި އެންޓޯނިއޮން ބަރަކް ކާމިޔާބު ކޮށްދިން ގޯލުންނެވެ. އެއަށް ފަހު ފެނިގެން ދިޔައީ މެޗުގެ 54 ވަނަ މިނިޓުގައި ވެރޯނާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި ތަނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވަޑް ޖިއާންލޫކާ ކަޕްރާރީ އެވެ. މި ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ ރޯމާއިން ނަތީޖާ ހަމަހަމަކުރީ 58 ވަނަ މިނިޓުގައި ވެރޯނާގެ ޒުވާން މިޑްފީލްޑަރު އިވާން އިލިޗް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
ވެރޯނާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ އޭރިއާ ބޭރުން އެޓީމުގެ މާކޯ ފަރައޯނީ ޖެހި ހިތްގައިމު ވޮލީއަކުން ކާމިޔާބުކުރި ގޯލުންނެވެ.
މިއީ ވެރޯނާ މި ސީޒަނުގައި ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މިއާއެކު މޮރީނިއޯގެ ރޯމާއަށް ވަނީ މެޗުން މޮޅު ވެގެން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުސަތު ވެސް ގެއްލިފަ އެވެ.
މޮރީނިއޯ ވަނީ ރޯމާއާ އެކު ލީގު ފުރަތަމަ ތިން މެޗުގެ އިތުރުން ޔޫއެފާ ކޮންފަރެންސް ލީގު ކޮލިފައިން ދެމެޗާއި ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.
ކްރެމޮނީސޭ ފުރަތަމަ މޮޅު ހޯދިއިރު މޮރީނިއޯއަށް ރަތެއް
ރޯމާ ބަލިކޮށް ޗެމްޕިއަން އިންޓަ އެއްވަނައަށް
ރެފްރީއާ ދިމާކޮށްގެން މޮރީނިއޯ ދެމެޗަށް ސަސްޕެންޑްކޮށްފި
އިންޓަ އިން ރޯމްގައި މޮރީނިއޯގެ ރޯމާ ބަލިކޮށްފި
ރޯމާއާ އިން ނަޕޯލީ މޮޅުވުމުގެ ސިލްސިލާ ހުއްޓުވައިފި
އެންމެ އަވަހަށް ވަޒީފާ ގެއްލޭނެ ކޯޗަކީ މޮރީނިއޯ: ރޮސީ
މޮރީނިއޯގެ ރުޅިގަނޑު ރޯމާގެ ޑައިރެކްޓަރަށް
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
މޮރީނިއޯ ވަކިކޮށް، ރޯމާގެ ކޯޗަކަށް ޑި ރޮސީ
ފަހުވަގުތު ރޯމާ މޮޅުވުމުން މޮރީނިއޯއަށް ތަފާތު އުފަލެއް