17 އޯގަސްޓް 2021
އަފްގާނިސްތާނުގައި 1996 ން 2001 އަށް ވެރިކަން ކުރި ދުވަސްވަރު ވެސް، ތާލިބާން ޖަމާއަތުގެ އެންމެ އިސް ވެރިންނާ މެދު، ބައިނަލްއަގުވާމީ އާންމު މުޖްތަމައަށް އެނގެނީ ވަރަށް ކުޑަ މިންވަރެކެވެ. ބައެއް ފަހަރަށް އެމީހުންގެ ނަންތައް އެނގުނަސް އެއީ ކޮން ބައެއްކަން އޮންނަނީ ސިއްރުވެފަ އެވެ. އެމީހުންގެ ފޮޓޯއެއް ނުވަތަ ވީޑިއޯ މަންޒަރެއް ފެނުން އެހާ ނާދިރުވެފައި، އެމީހުން އުޅޭ ނޫޅޭ ތަނެއް ވެސް ގިނަ ފަހަރަކަށް ނޭނގެ އެވެ.
އަފްގާނިސްތާނުގައި 1996 ން 2001 އަށް ވެރިކަން ކުރި ދުވަސްވަރު ވެސް، ތާލިބާން ޖަމާއަތުގެ އެންމެ އިސް ވެރިންނާ މެދު، ބައިނަލްއަގުވާމީ އާންމު މުޖްތަމައަށް އެނގެނީ ވަރަށް ކުޑަ މިންވަރެކެވެ. ބައެއް ފަހަރަށް އެމީހުންގެ ނަންތައް އެނގުނަސް އެއީ ކޮން ބައެއްކަން އޮންނަނީ ސިއްރުވެފަ އެވެ. އެމީހުންގެ ފޮޓޯއެއް ނުވަތަ ވީޑިއޯ މަންޒަރެއް ފެނުން އެހާ ނާދިރުވެފައި، އެމީހުން އުޅޭ ނޫޅޭ ތަނެއް ވެސް ގިނަ ފަހަރަކަށް ނޭނގެ އެވެ.
އަފްގާނިސްތާނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރު ވައްޓާލައި، ތާލިބާންގެ ހަނގުރާމަވެރިން މިމަހުގެ 15 ވަނަ ދުވަހު އަފްގާނިސްތާނު ހިފި އިރުވެސް، އެ ޖަމާއަތުގެ އިސް ވެރިންނާ ބެހޭ މާ ގިނަ ވާހަކައެއް ނުއިވެ އެވެ. އަދި އެމީހުން ތިބީ ކޮން ތަނެއްގައި ކަމެއް ވެސް ނޭނގެ އެވެ.
ނަމަވެސް މިހާތަނަށް ލިބޭ މައުލޫމާތަށް ބަލާއިރު، ތާލިބާން ޖަމާއަތުގެ އެންމެ އިސް ވެރިންގެ ގޮތުގައި ފާހަގަކުރެވެނީ އެންމެ ތިން މީހެކެވެ.
ތާލިބާން ޖަމާއަތުގެ ރޫހާނީ ޒައީމްގެ މަގާމަށް ހައިބަތުﷲ އަޚުންޒާދާ އިސްކުރީ، އެމެރިކާ ސިފައިން ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން ދިން ހަމަލާއެއްގައި، އެ ޖަމާއަތުގެ ކުރީގެ ރޫހާނީ ޒައީމް މުއްލާ މަންސޫރު އަޚްތަރު މަރައިލުމާ ގުޅިގެން 2016 ވަނަ އަހަރުގެ ތެރޭގައެވެ.
ރޫހާނީ ޒައީމްގެ މަގާމަށް އިސްކުރުމުގެ ކުރިން، ތާލިބާން ޖަމާއަތުގެ ތެރޭގައި ވެސް، ހައިބަތުﷲ އަޚުންޒާދާ ބެލެވިފައިވަނީ، ވަރަށް އާދައިގެ ދީނީ އިލްމުވެރިއެއްގެ ގޮތުގަ އެވެ. އަދި އޭނާ ރޫހާނީ ޒައީމްގެ މަގާމަށް އިސްކުރީ ވެސް، އަސްކަރީ ކަންކަމަށް ވުރެ ބޮޑަށް، އެ ޖަމާއަތުގެ މީހުންގެ ރޫހާނީ ޒައީމެއްގެ ގޮތުގައި ހުރުމަށެވެ.
ތާލިބާން ޖަމާއަތުގެ ރޫހާނީ ޒައީމްގެ މަގާމަށް، ހައިބަތުﷲ އަޚުންޒާދާ އިސްކުރުމާ ގުޅިގެން، އަލްގާއިދާ ޖަމާއަތުގެ ވެރިޔާ އައިމަން އައްޒަވާހިރީގެ ރުހުމާއި ތާއީދު ވަނީ އޭނާއަށް ލިބިފަ އެވެ. އަދި އައިމަން އައްޒަވާހިރީ ވަނީ، ހައިބަތުﷲ އަޚުންޒާދާ އަށް "އަމީރުލް މުއުމިނީން"ގެ ލަގަބު ދީފަ އެވެ.
ތާލިބާން ޖަމާއަތުގެ ރޫހާނީ ލީޑަރުގެ މަގާމުގައި މިހާރު ހުރި، ހައިބަތުﷲ އަޚުންޒާދާ (ވ) އަދި ސިޔާސީ ގޮފީގެ ވެރިޔާ މުއްލާ ބިރާދަރު އަބްދުލްޣަނީ.
ހައިބަތުﷲ އަށް ތާލިބާންގެ ވެރިކަން ލިބުނު އިރު، އެ ޖަމާއަތް އޮތީ ވަރަށް ބޮޑަށް ބައިބައިވާން ފަށައިފަ އެވެ. އެއީ ކުރީގެ ލީޑަރު މަރުވުމާ ގުޅިގެން، އެ މަގާމު ބޭނުންވެފައި ތިބި މީހުންގެ މެދުގައި އުފެދުނު ސިޔާސީ ވާދަވެރިކަމުގެ ސަބަބުންނެވެ.
އެހެންކަމުން ހައިބަތުﷲގެ ބޮލުގައި އެޅުނު އެންމެ ބޮޑު ޒިންމާއަކަށްވީ، ތާލިބާން ޖަމާއަތް އަލުން އެކަތިގަނޑަކަށް ހެދުމެވެ. އަދި ޖަމާއަތުގެ ބާނީ މުއްލާ އުމަރު މަރުވެ ދިޔުމުގެ ސަބަބުން، ޖަމާއަތް ހިންގަން ތިބި މީހުންގެ މެދުގައި އޮތް ބީރައްޓެހިކަން އަނބުރާ އިއާދަކުރުމެވެ.
މިދިޔަ އަހަރުތަކުގައި ވެސް ހައިބަތުﷲގެ މާ ގިނަ ވާހަކަތަކެއް މީޑިއާތަކަށް ތިލައެއް ނުވެ އެވެ. އިސްލާމީ ބައެއް މުނާސަބަތުގައި ތާލިބާން ޖަމާއަތުގެ މެމްބަރުންނަށާއި ހަނގުރާމަވެރިންނަށް، މީޑިއާ މެދުވެރިކޮށް ފޮނުވައިލާ ތަހުނިޔާގެ މެސެޖެއް ފިޔަވައި، ހައިބަތުﷲގެ މާ ގިނަ ވާހަކަތަކެއް ވެސް މީޑިއާއަކަށް ތިލައެއް ނުވެ އެވެ.
އަބްދުލްޣަނީ ބިރާދަރު އުފަންވީ، ތާލިބާން ޖަމާއަތް އެ ތަނެއްގައި އުފެދި ފުޅާވެގެން އައި ކަންދަހާރުގަ އެވެ. އަފްގާނިސްތާނުގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން މުއްލާ ބިރާދަރު ވެސް ބޮޑުވަމުން އައީ، ސޮވިއެޓް ޔޫނިއަންގެ އިސްތިއުމާރާ ދެކޮޅަށް އަފްގާނިސްތާނުގެ މުޖާހިދުން ކުރަމުން އައި ޖިހާދުގެ ތެރޭގަ އެވެ. ނަތީޖާއެއްގެ ގޮތުން، ޒުވާން ދުވަސްވަރު އޭނާ ވެސް ހުރީ ސޮވިއެޓް ޔޫނިއަންގެ އަޅުވެތިކަމާ ދެކޮޅު މުޖާހިދެއްގެ ގޮތުގައި ތެދުވެ ހަތިޔާރު ހިފައިގެންނެވެ.
މުއްލާ ބިރާދަރަކީ، ތާލިބާނުންގެ ކުރީގެ ލީޑަރު މުއްލާ އުމަރުގެ އެންމެ އަރިސް މީހާގެ ގޮތުގައި ބެލެވޭ ހަނގުރާމަވެރިއެކެވެ. ސޮވިއެޓް ޔޫނިއަންގެ ސިފައިން 1990ގެ ތެރޭގައި އަފްގާނިސްތާނުން ފައިބައިގެން ދިޔުމާ ގުޅިގެން، މުޖާހިދުންގެ މެދުގައި ކޮރަޕްޝަން އާންމުވެ ހަމަނުޖެހުންތައް އިތުރުވާން ފެށުމާ ގުޅިގެން، މުޖާހިދުންނާ ދެކޮޅަށް ހަނގުރާމަކުރުމުގެ މަގްސަދުގައި، 1990ގެ އަހަރުތަކުގައި ތާލިބާން ޖަމާއަތް އުފެއްދީ ވެސް، މުއްލާ އުމަރާއި މުއްލާ ބިރާދަރު އިސްވެ ތިބެގެންނެވެ.
އެމެރިކާ ސިފައިން އޮކްޓޫބަރު 7، 2003 ގައި އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ ފަށައި، ތާލިބާނުންގެ ވެރިކަން ވައްޓައިލުމާ ގުޅިގެން، މުއްލާ ބިރާދަރުވެސް، ހަނގުރާމަވެރިންގެ ޖަމާއަތަކާ އެކު ފަރުބަދަތަކުގެ ތެރެއަށް ވަދެ ފިލައިގެން އުޅެން ފެށި އެވެ.
އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުގައި، އަފްގާނިސްތާނުން ފުރައިގެން ދާން ބޭނުންވި އާންމުންގެ ބަޔަކު، އޮގަސްޓް 16، 2021ގައި ކާބުލްގެ ވައިގެ ބަނދަރަށް އެއްވެފައި ތިބި އިރު، އެމީހުން މައިތިރިކުރުމަށް އެމެރިކާ ސިފައިންގެ މީހަކު ބަޑިން ބިރުދައްކަނީ. --އޭއެފްޕީ
އެއަށް ފަހު ސިއްރިޔާތުގައި ޕާކިސްތާނަށް ގޮސްގެން އުޅެނިކޮށް، ކަރާޗީއާ ކައިރި ހިސާބަކުން ފެބްރުއަރީ 8، 2010 ގައި ޕާކިސްތާނު ސިފައިން އޭނާ ހައްޔަރުކުރި އެވެ. ނަމަވެސް، އެމެރިކާގެ ފިއްތުންތައް ބޮޑުވުމުން، 2018 ވަނަ އަހަރު ޕާކިސްތާނުން އޭނާ މިނިވަންކުރި އެވެ.
އެހާ ހިސާބުން ތާލިބާން ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސް ވެރިޔާގެ މަގާމަށް އޭނާ އައްޔަންކުރި އެވެ. އަދި މާ ގިނަ ދުވަހެއް ނުވެ، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ބެހޭ ގޮތުން، އެމެރިކާ ސަރުކާރާ އެކު ގާއިމުކުރާ އެއްބަސްވުމުގެ ވިލަރެސްވެރިޔާގެ މަގާމަށް ވެސް އޭނާ އައްޔަންކުރެވުނެވެ. މިމަހުގެ ނިޔަލަށް އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށް ނިންމައި އެކަން އިއުލާންކުރީ، ތާލިބާނުންނާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ.
މިއީ ސޮވިއެޓް ޔޫނިއަންގެ އަޅުވެތިކަމާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި މުޅި ދުނިޔެއަށް ނަން ހިނގައި ދިޔަ މުޖާހިދުންގެ މަޝްހޫރު ކޮމާންޑަރު ޖަލާލުއްދީން ހައްގާނީގެ ފިރިހެން ދަރިފުޅެވެ. އޭނާއަކީ މިހާރު ތާލިބާން ޖަމާއަތުގެ ޒައީމުގެ ނާއިބުގެ އިތުރުން، އެ ޖަމާއަތުގެ އެންމެ ވަރުގަދަ ވިއުގަ ކަމަށްވާ ހައްގާނީ ވިއުގައިގެ އެންމެ އިސް ވެރިޔާ ވެސްމެ އެވެ.
ހައްގާނީ ވިއުގަ އަކީ، މިދިޔަ 20 އަހަރުގެ ތެރޭގައި އެމެރިކާ އާއި ނޭޓޯ ސިފައިންނާއި އަފްގާނިސްތާނު ސަރުކާރު ސިފައިންނާ ދެކޮޅަށް ތާލިބާނުން ކުރި ހަނގުރާމައިގައި، އެންމެ ވަރުގަދަ ހަމަލާތަކެއް ދީފައިވާ ހަނގުރާމަވެރިންގެ ފައުޖެވެ. އެމެރިކާ ސަރުކާރުން މި ފައުޖު ގިންތިކޮށްފައިވަނީ ތާލިބާނުންގެ އެންމެ ނުރައްކާތެރި ޓެރަރިސްޓު ވިއުގައިގެ ގޮތުގަ އެވެ.
ހައްގާނީ ވިއުގަ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ، މިދިޔަ 20 އަހަރުގެ ތެރޭގައި ކުރި ހަނގުރާމައިގައި ދިން، ޖާނުން ފިދާވުމުގެ ހަމަލާތަކުގެ ސަބަބުންނެވެ. އޭގެ އިތުރުން، މިދިޔަ އަހަރުތަކުގައި ވެރިރަށް ކާބުލްގައި ދިން އެންމެ ވަރުގަދަ ހަމަލާތައް ދީފައިވަނީ ވެސް މި ވިއުގައިގެ ހަނގުރާމަވެރިން ކަމަށް ބެލެވެ އެވެ.
ހަމައެފަދައިން މިދިޔަ 20 އަހަރުގެ ތެރޭގައި، އަފްގާނިސްތާނު ސަރުކާރުގެ އިސް ވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކާއި، ސަރުކާރުގެ ބައެއް ވެރިން އަވަހާރަކޮށްލުމުގެ އަޑީގައި ވެސް ތިބީ ހައްގާނީ ވިއުގައިގެ ހަނގުރާމަވެރިންނެވެ. އަދި އެމެރިކާގެ ސިފައިންގެ މީހެއް ކަމަށްވާ ބޯވް ބާގްޑާލް އާއި ހުޅަނގުގެ ބައެއް މީހުން، ފައިސާއަށްޓަކައި ރަހީނުކުރީ ވެސް ހައްގާނީ ވިއުގައިންނެވެ.
މިއީ ތާލިބާން ޖަމާއަތުގެ އެއް ބާނީ ކަމަށްވާ މުއްލާ އުމަރުގެ ދޮށީ ދަރި އެވެ. ތާލިބާން ޖަމާއަތުގެ އަސްކަރީ ގޮފީގެ މިހާރުގެ އެންމެ އިސް ވެރިޔަކީ މުއްލާ ޔައުގޫބެވެ. ތާލިބާން ޖަމާއަތުން ރާވާ ހަމަލާތައް ތަންފީޒު ކުރުމަށް، އެކި ފައުޖުތަކުގެ ކޮމާންޑަރުންނާ މަސައްކަތް ހަވާލުކުރުމާއި އެ މަސައްކަތް ވިލަރެސް ކުރަނީ މުއްލާ ޔައުގޫބެވެ.
ތާލިބާނުންގެ އަސްކަރީ ވެރިޔާގެ ގޮތުގައި ބަލާ މުއްލާ ޔައުގޫބް
މުއްލާ ޔައުގޫބަކީ އޭނާގެ ބައްޕަ ފަދައިން، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ދަމަހައްޓަން ވަރަށް ބޮޑަށް މަސައްކަތް ކުރާ މީހެކެވެ. އޭގެ އިތުރުން އޭނާއަކީ މުއްލާ އުމަރުގެ ދަރިއަކަށްވުމުން، ތާލިބާން ޖަމާއަތުގެ އަރަމުން އަންނަ ޖީލުގެ ހަނގުރާމަވެރިން ޒައީމެއްގެ ގޮތުގައި ވެސް އޭނާ ބަލައިގެންފައިވެ އެވެ.
ބައްޕަ ފަދައިން މުއްލާ ޔައުގޫބަކީ ވެސް، ބޮޑެތި ކަންކަމުގައި ދެ ފަރާތަށް ނުކިރި ފިސާރި ސާބިތުކަމާ އެކުގައި ގޮތް ނިންމާ މީހަކަށް ވުމުން، އަސްކަރީ ކޮންމެ ހަމަލާއެއް ރާވައި ތަންފީޒު ކުރުމުގައި، އޭނާގެ ވިސްނުމާއި ދެކޭ ގޮތް ހޯދުމަކީ، ހަނގުރާމަވެރިން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެކެވެ.
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ
ތާލިބާނުން އަލްގާއިދާ އަށް ހާލި ހަދައިދީފާނެތަ؟
ތާލިބާނުން ކުންދޫޒް ހިފައި ބޮޑު ކުރިއެރުމެއް ހޯދައިފި
ތާލިބާނުންނާ ދެކޮޅަށް އާންމު ރައްޔިތުން ވެސް ތެދުވަނީ
ތާލިބާނުން ކަންދަހާރު އެއާޕޯޓަށް ހަމަލާ ދޭން ފަށައިފި
އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިފި
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި
އައިއެސް އިން އެމެރިކާ އަށް ހަމަލާއެއް ދީފާނެ
"ތާލިބާނުން އައުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް"