Roadha Mihaaru
މެލް ބީ ކޮވިޑްގެ ވޭނުގައި، ބޭނުމީ ރާއްޖޭގެ ޗުއްޓީއެއް

މެލް ބީއަށް ކޮވިޑް ޖެހި ބަލި އެނދުގައި، ބޭނުމީ ރާއްޖޭގައި ޗުއްޓީއެއް

08 އޮކްޓޯބަރ 2021

ސްޕައިސް ގާލްސްގެ އެއް ތަރި ކަމަށްވާ މެލް ބީ ކޮވިޑް-19 އަށް ޕޮޒިޓިވްވިތާ ފަސް ހަފްތާވީ އިރު ވެސް ރަނގަޅު ނުވާކަން ހާމަކުރުމާ އެކު އޭނާ މިހާރު އެންމެ ބޭނުންވާ އެއް ކަމަކީ ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްލުން ކަމަށް ބުނެފި އެވެ.

ސްޕައިސް ގާލްސްގެ އެއް ތަރި ކަމަށްވާ މެލް ބީ ކޮވިޑް-19 އަށް ޕޮޒިޓިވްވިތާ ފަސް ހަފްތާވީ އިރު ވެސް ރަނގަޅު ނުވާކަން ހާމަކުރުމާ އެކު އޭނާ މިހާރު އެންމެ ބޭނުންވާ އެއް ކަމަކީ ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްލުން ކަމަށް ބުނެފި އެވެ.

ކޮވިޑް ޖެހިފައިވާ ކަމާއި ބަލީގައި ބޮޑުވަރުވިކަން މެލް ބީ ހާމަކުރީ ރާއްޖެ އައިސް ޔޫ އެންޑް މީ މޯލްޑިވްސްގައި ހޭދަކުރި ޗުއްޓީގައި ނަގާފަައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯޓްކޮށް އޭގައި ލިޔުނު ކެޕްޝަނުންނެވެ. އޭގައި ލިޔެފައިވަނީ އޭނާ ހިޔާލުގައި ވަނީ ޔޫ އެންޑް މީ މޯލްޑިވްސްގައި ހޭދަކުރި ދުވަސްތައް ކަމަށެވެ.

"...އެއީ ހާދަހާ ރީތި ތަނެކޭ، އަތްވާއި ސާފު މޫދު، އަހަރެންގެ ނަމުން ނަން ދީފައިވާ ޕްރައިވެޓް ވިލާ..."

އެކަމަކު އޭނާ ދެން ބުނެފައި ވަނީ އޭނާގެ ހިތް އޮތީ ރާއްޖޭގައި ކަމަށް ވިޔަސް އަސްލު މިހާރު އޮންނަން ޖެހިފައިވަނީ ކޮވިޑް ޖެހިގެން އެނދުގައި ކަމަށެވެ. ކޮވިޑް ޖެހުނުތާ ފަސް ހަފްތާ ވެއްޖެ ކަމަށާއި އަދިވެސް އުޅެން ޖެހިފައިވަނީ އެ ބަލީގެ ވޭނުގައިކަން ބުނެދިނުމަށް "ކޮވިޑް އިޒް ނޯ ޖޯކް" ހޭޝްޓެގް ބޭނުންކޮށްފައިވެ އެވެ.

ކޮވިޑް-19 އަކީ ގިނަ މީހުންނަށް ވަރަށް އަވަހަށް ރަނގަޅުވާ ބައްޔަކަށް ވިޔަސް ބައެއް މީހުންނަށް މި ބަލީގައި އެތައް ދުވަހަކު ވޭނުގައި އުޅެން ޖެހެ އެވެ.

މެލް ބީ މިދިޔަ މަހު ވަނީ ސްޕައިސް ގާލްސްގެ ރިޔުނިއަންގައި، އަންނަ އަހަރު ބައިވެރި ވެވިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެކަމަކު އޭގެ ފަހުން އަދި އެ ވާހަކައެއް ނުދައްކަ އެވެ.

މެލް ބީ ވަނީ 1990ގެ ތެރޭގައި އާދަޔާ ހިލާފް ބޮޑު މަޝްހޫރުކަމެއް ހޯދި އިނގިރޭސި އަންހެން ބޭންޑް ސްޕައިސް ގާލްސްގެ މެންބަރެއްގެ އިތުރުން ފިލްމު ކުޅުމާއި ލަވަ ލިޔުން އަދި ރެޕްކުރުން ފަދަ އެތައް ފަންނަކުން މަޝްހޫރުކަން ހޯދައިފަ އެވެ. ސްޕައިސް ގާލްސްގައި އޭނާ އަކީ "ސްކެއަރީ ސްޕައިސް" އެވެ.