Roadha Mihaaru
2މައްސަލަ ހުށަހެޅި، ވޯޓުލުން ދަނީ އޮމާންކޮށް: ފުއާދު

ދެ މައްސަލައެއް ހުށަހެޅި، ވޯޓުލުން ދަނީ އޮމާންކަމާ އެކު: ފުއާދު

05 ފެބުރުއަރީ 2022

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ގޮތުން ދެ ޝަކުވާއެއް ޕާޓީތަކުން މިއަދު ހުށަހަޅާފައި ވިޔަސް އިންތިހާބުގެ ވޯޓުލުން މިހާތަނަށް ކުރިއަށް ދަނީ ތަރުހީބު ބޮޑުކޮށް, އޮމާންކަމާ އެކުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ގޮތުން ދެ ޝަކުވާއެއް ޕާޓީތަކުން މިއަދު ހުށަހަޅާފައި ވިޔަސް އިންތިހާބުގެ ވޯޓުލުން މިހާތަނަށް ކުރިއަށް ދަނީ ތަރުހީބު ބޮޑުކޮށް, އޮމާންކަމާ އެކުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރަން މާލެ އާއި އެ ދާއިރާގެ ތިން ރަށުގައި ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެ އެވެ. އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީން މުހައްމަދު ރާޝިދާއި ޕީޕީއެމުން މޫސާ ފަތުހީ އަދި އެމްއެންޕީން އަބްދުލްހަންނާން އެވެ.

އިސްކަންދަރު ސްކޫލްގެ ވޯޓުލާ މަރުކަޒުގައި ހުންނަވައި ފުއާދު "މިހާރު"އަށް ވިދާޅުވީ ފުދޭވަރަކަށް މީހުން ކިއޫގައި ވޯޓުލާން މަޑުކޮށްގެން އެބަތިބި ކަމަށެވެ. ތިން ރަށުގައި ވެސް މެދުނުކެނޑި ވޯޓުލުން ކުރިއަށްދާ ކަން ވެސް ފާހަގަކުރެއްވި އެވެ.

"އެހެންވީމަ ވަރަށް ތަރުހީބު ރަނގަޅު," ފުއާދު ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލްގައި ހުންނަ ވޯޓުލާ މަރުކަޒު ބޭރުގައި އޮބްޒާވަރުން ހަރަކާތްތެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލްގައި ހުންނަ ވޯޓުލާ މަރުކަޒު ބޭރުގައި އޮބްޒާވަރުން ހަރަކާތްތެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ލަފާކުރައްވާ ގޮތުގައި ހައްގު ލިބިގެންވާ ގިނަ ބަޔަކު 4 ޖެހުމާ ހަމައަށް ވޯޓުލާނެ އެވެ. ކޮވިޑަށް ޕޮޒިޓިވް މީހުން ވޯޓުލާން ހަމަޖައްސާފައި ވަނީ 3-4 އަށެވެ.

ކޮވިޑަށް ޕޮޒިޓިވް މީހުން ވޯޓުލާ ގަޑީގައި އެ ނޫން މީހުންނަށް ވެސް ވޯޓުލެވޭނެ އެވެ. އެކަމަކު ރައްކާތެރި ގޮތަކީ އެ ގަޑީގެ ކުރިން ވޯޓުލުން ކަމަށް އީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އިންތިހާބުގައި އެމްޑީޕީން ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތު ޕީޕީއެމާއި އެމްއެންޕީން ދަނީ ކުރަމުންނެވެ.

ކޮމަންޑޫ ޕްރީ ސްކޫލްގައި ހުންނަ ވޯޓުލާ މަރުކަޒު ބޭރުގައި ޕީޕީއެމްގެ އޮބްޒާވަރުން މޭޒުޖަހައިގެން ހަރަކާތްތެރިވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކޮމަންޑޫ ޕްރީ ސްކޫލްގައި ހުންނަ ވޯޓުލާ މަރުކަޒު ބޭރުގައި ޕީޕީއެމްގެ އޮބްޒާވަރުން މޭޒުޖަހައިގެން ހަރަކާތްތެރިވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފުއާދު ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން އިއްޔެއާ ހަމައަށް ތިން މައްސަލައެއް އަދި މިއަދު ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މި ތަފްސީލުތައް އެނގޭނީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ކަމަށް ވިދާޅުވި އެވެ.

"އިއްޔެއާ ހަމައަށް ހުށަހެޅުއްވި މައްސަލަތަކަށް ކޮމްޕްލެއިންޓްސް ބިއުރޯއިން ޖަވާބު ދީފައި ވަނީ" ފުއާދު ވިދާޅުވި އެވެ.

މާލޭގައި ވެސް ހަމަނުޖެހުން ހިންގީ ވޯޓުލާ މަރުކަޒުގެ ބޭރުގެ ތެރޭގައި ކަން ފާހަގަކުރައްވައި ވިދާޅުވީ ފުލުހުން ނުކުމެ ބެރިކޭޑު ޖަހައި އެކަން މިހާރު ހައްލުވެފައިވާ ކަމަށެވެ.

އިސްކަދަރު ސްކޫލު ވޯޓުލާ މަރުކަޒަށް ވަދުމުގެ ކުރިން އިލެކްޝަންގެ އޮފިޝަލުން ވޯޓުލާން ވަންނަ މީހުންގެ ހުން ބަލަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

އިސްކަދަރު ސްކޫލު ވޯޓުލާ މަރުކަޒަށް ވަދުމުގެ ކުރިން އިލެކްޝަންގެ އޮފިޝަލުން ވޯޓުލާން ވަންނަ މީހުންގެ ހުން ބަލަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވި ގޮތުގައި ވޯޓުލުން ނިމުމާ އެކު ކޮންމެ ފޮއްޓެއްގެ ކައިރީގައި ވެސް ވަގުތީ ނަތީޖާ އިއުލާންކުރާނެ އެވެ. ޖުމްލަ ނަތީޖާ އިއުލާންކުރާނީ މާލޭގައި ކަމަށް ވިދާޅުވި އެވެ.

ބައި އިލެކްޝަނުގައި މި ގޮނޑި ކާމިޔާބުކުރަން ތިން ޕާޓީން ވެސް ވަރުގަދަ ކެމްޕޭނެއް ކުރި އެވެ. ތިން ޕާޓީން ވެސް ޔަގީންކޮށްގެން ތިބީ ގޮނޑި އެ ޕާޓީއަކަށް ކަށަވަރުވާނެ ކަަމަށެވެ.