Roadha Mihaaru
ބީޗު ވޮލީ މުބާރާތަށް ރާއްޖޭގެ ޓީމު ލަންކާ އަށް

ބީޗު ވޮލީ މުބާރާތަށް ރާއްޖޭގެ ޓީމު ލަންކާ އަށް

17 ފެބުރުއަރީ 2022

ސްރީ ލަންކާގައި މާދަމާ ފަށާ ސެންޓްރަލް އޭޝިއަން ޒޯން ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރަން ރާއްޖޭގެ އަންހެން އަދި ފިރިހެން ބީޗު ވޮލީ ޓީމު ލަންކާ އަށް އިއްޔެ ހިނގައްޖެ އެވެ.

ސްރީ ލަންކާގައި މާދަމާ ފަށާ ސެންޓްރަލް އޭޝިއަން ޒޯން ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރަން ރާއްޖޭގެ އަންހެން އަދި ފިރިހެން ބީޗު ވޮލީ ޓީމު ލަންކާ އަށް އިއްޔެ ހިނގައްޖެ އެވެ.

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން އިންތިޒާމްކޮށްގެން މާދަމާ އިން ފެށިގެން މި މަހު 20 އަށް ނިގަމްބޯ ބީޗް ޕާކުގައި ބާއްވާ މުބާރާތުގައި އީރާން، އުޒްބެކިސްތާން، ޕާކިސްތާން، ނޭޕާލް އަދި ލަންކާ ވެސް ވާދަކުރެ އެވެ.

ސްރީ ލަންކާގެ ބީޗް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް ސީ ރަތުނަމުދަލީ ވިދާޅުވީ އެ ގައުމުގެ އަންހެން އަދި ފިރިހެން ބީޗު ވޮލީ ޓީމު ވެސް މުބާރާތަށް ތައްޔާރުވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ސެންޓްރަލް ޒޯން ބީޗް ވޮލީ މުބާރާތުގެ ރެފްރީ ޑިލިގޭޓަކަށް ބައިނަލްއަގުވާމީ ބީޗު ވޮލީބޯލް ރެފްރީ ހުސައިން މުހައްމަދު ވަނީ ހަމަޖައްސައިފި އެވެ.