Roadha Mihaaru
ރާއްޖެއިން ބަންގްލަދޭޝް އާއި ކިރިގިސްތާން ބަލިކޮށްފި

ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ބަންގްލަދޭޝް އާއި ކިރިގިސްތާން ބަލިކޮށްފި

28 ޑިސެމްބަރ 2022

މިއަދު ފެށި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދު ރާއްޖެއިން ކިރިގިސްތާނާއި ބަންގްލަދޭޝް ބަލިކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިއަދު ފެށި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދު ރާއްޖެއިން ކިރިގިސްތާނާއި ބަންގްލަދޭޝް ބަލިކޮށްފި އެވެ.

މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްގެ ޕެއާ އާ ދެކޮޅަށް ނުކުތީ ރާއްޖޭގެ އަހުމަދު މުހައްމަދު (ކޯކޭ) އާއި ޝަމާއިލް ހުސައިންގެ ޕެއާ އެވެ. ފުރަތަމަ ސެޓް ކާމިޔާބު ކުރީ 21-9 ންނެވެ. ދެވަނަ ސެޓް ހޯދީ 21-12 އިންނެވެ.

މިއަދުގެ ދެވަނަ މެޗުގައި ކިރިގިސްތާނާ ދެކޮޅަށް ނުކުތީ ޝާހް އިސްމާއީލް އާއި އާދަމް ނަސީމުގެ ޕެއާ އެވެ. އެ ދެ ކުޅުންތެރިން ވެސް މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗު ގެންދިޔައީ 21-12، 21-12 އިންނެވެ.

މިއަދު ރާއްޖޭގެ ދެ ޕެއާ އަށް ވެސް އިތުރު މެޗުއެއް އެބައޮތެވެ. ބީޗް ވޮލީގައި މި އަހަރު އެޑަމް އާއި ޝާހް ކޮމަންވެލްތު ގޭމްސްގައި ވެސް ވާދަ ކުރި އެވެ.