Roadha Mihaaru
ބީޗްވޮލީ މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފި

އޭޝިއަން ސެންޓްރަލް ޒޯން ބީޗްވޮލީ މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ރާއްޖެ ދަތުރުކޮށްފި

29 ޑިސެމްބަރ 2022

މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖޭގެ އާދަމް ނަސީމް އާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާ ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖޭގެ އާދަމް ނަސީމް އާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާ ދަތުރުކޮށްފި އެވެ.

ފައިނަލުގެ ޖާގަ ދިވެހި ޓީމުން ކަށަވަރު ކުރީ، ސެމީ ފައިނަލުގައި މިއަދު ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މާދަމާ ކުޅޭ ފައިނަލުގައި ރާއްޖެ އާ ދެކޮޅަށް ނުކުންނާނީ ނޭޕާލެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ ވެސް ކުޑަ ކާއްޓޭ އާއި އެޑަމްގެ ޕެއާ ކާމިޔާބު ކުރި އެވެ. ސެންޓްރަލް ޒޯންގައި ވޮލީގެ ބާރެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކިރިގިސްތާންގެ މައްޗަށް އަދި ބޫޓާންގެ މައްޗަށް ވެސް އެޑަމް އާއި ކުޑަ ކާއްޓޭ ކާމިޔާބު ހޯދި އެވެ. އަދި އޭގެ ފަހުން ބަންގްލަދޭޝްގެ އެހެން ޕެއާއެއްގެ މައްޗަށް ވެސް ކާމިޔާބު ހޯދި އެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަނެއް ޕެއާ އަހުމަދު މުހައްމަދު (ކޯކޭ) އަދި ޝަމާއީލްގެ ޕެއާ އަށް ސެމީ ފައިނަލާ ހަމައަށް ނުދެވުނެވެ.