Roadha Mihaaru
ބަންގްލަދޭޝް ބަލިކޮށް ޗެމްޕިއަން ރާއްޖެ ފައިނަލަށް

ސެމީގެ ވާދަވެރި ސެޓްތަކުގައި ބަންގްލަދޭޝް ބަލިކޮށް ޗެމްޕިއަން ރާއްޖެ ފައިނަލަށް

15 ސެޕްޓެމްބަރ 2023

ވާދަވެރި ސެޓްތަކަކަށް ފަހު ބަންގްލަދޭޝް ސީދާ ދެ ސެޓުން ބަލިކޮށް ރާއްޖޭގެ ގައުމީ ބީޗް ވިލީބޯޅަ ޕެއާ، އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓުއާގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވާދަވެރި ސެޓްތަކަކަށް ފަހު ބަންގްލަދޭޝް ސީދާ ދެ ސެޓުން ބަލިކޮށް ރާއްޖޭގެ ގައުމީ ބީޗް ވިލީބޯޅަ ޕެއާ، އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓުއާގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ކޮކްސް ބަޒާރުގެ ކަލަޓާލީ ސީ ބީޗުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝްގެ ހޮރޯސިތާއި އަހުމަދާ ވާދަކޮށް އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ސެޓްތައް ގެންގޮސްފައި ވަނީ 21-19، 27-25 އިންނެވެ.

ރާއްޖޭގެ ޕެއާ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅު ވެފަ އެވެ. ބޫޓާނާއި ބަންގްލަދޭޝް އަދި އިންޑިއާގެ ޕެއާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯޯދައި، އިއްޔެ ކުޅުނު ކުއާޓާގައި މޮޅުވީ ބޫޓާންގެ ޕެއާއެއް އަތުންނެވެ.

ބޫޓާންގެ ޑޯޖީ އާއި ކިންލޭއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ސެޓްތައް އެޑަމް އާއި ކުޑަކާއްޓޭ ގެންދިޔައީ 21-8، 21-7 އިންނެވެ،

މިދިޔަ އަހަރުގެ މުބާރާތް ރާއްޖޭން ކާމިޔާބު ކޮށްފައި ވަނީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިއަހަރު ވެސް ރާއްޖޭން ތަށި ދިފާއު ކުރަން އަމާޒު ހިފާފައި ވާއިރު، އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ އަށް މިއަހަރު ކޯޗު ކޮށްދެނީ ކުރީގެ ކުޅުންތެރިޔާ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ. އެސިސްޓަންޓް ކޯޗަކަށް ހުރީ މުހައްމަދު ރިޝްވާން އެވެ.

މަންކޭ އާއި ރިޝްވާން ވަނީ މިދިޔަ އަހަރު ބީޗްވޮލީ ޓީމުގެ ކޯޗަކަށް ހުރި ބްރެޒިލްގެ ވިނީޝިއުސް މާޓިންއާ އެކު މަސައްކަތް ކޮށްފަ އެވެ.