Roadha Mihaaru
ކޮމަންވެލްތު ގޭމްސްއިން ގައުމީ ބީޗްވޮލީ ޓީމަށް ޖާގަދީފި

ކޮމަންވެލްތު ގޭމްސްއިން ގައުމީ ބީޗް ވޮލީ ޓީމަށް ޖާގަ ދީދި

26 އެޕްރީލް 2022

ކޮމަންވެލްތު ގޭމްސްގެ ބީޗު ވޮލީ ކޮލިފައިންގެ ފައިނަލުގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމަށް، ގޭމްސްއިން ޖާގަ ދޭން، ދުނިޔޭގެ ވޮލީބޯޅައިގެ ޖަމިއްޔާ އެފްއައިވީބީން ނިންމައިފި އެވެ.

ކޮމަންވެލްތު ގޭމްސްގެ ބީޗު ވޮލީ ކޮލިފައިންގެ ފައިނަލުގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމަށް، ގޭމްސްއިން ޖާގަ ދޭން، ދުނިޔޭގެ ވޮލީބޯޅައިގެ ޖަމިއްޔާ އެފްއައިވީބީން ނިންމައިފި އެވެ.

ރާއްޖޭގެ ފިރިހެން ޓީމަށް ގޭމްސްއިން ފުރުސަތު ދެނީ "ބައިޕާޓައިޓް އިންވިޓޭޝަން"ގެ ދަށުން، އެފްއައިވީބީ އާއި ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން އެއްބަސްވުމަށް ފަހު އެވެ. އަންހެން ޑިވިޝަންގައި ކެންޔާ އަށް ވެސް ފުރުސަތު ދީފައި ވަނީ "ބައިޕާޓައިޓް އިންވިޓޭޝަން"ގެ ދަށުންނެވެ.

ފިރިހެން ޑިވިޝަންގައި އޭވީސީން ވާދަކުރާނީ ރާއްޖެ އާއި ލަންކާ އެވެ. ލަންކާ މުބާރާތަށް ކޮލިފައިވީ ރާއްޖެ ބަލި ކުރުމަށް ފަހު އެވެ. ލަންކާގެ ނޮގޮމްބޯގެ ބީޗް ޕާކުގައި ކުޅުނު ކޮލިފައިން މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ބަލިވީ ލަންކާގެ އަޝެން ރަޝްމިކާ އާއި ޝަޝިމާލް މަލިންތަ ޔާޕާގެ ޕެއާ އަތުން ސީދާ ދެ ސެޓުންނެވެ.

އަޝެން އާއި މަލިންތަ ދެ ސެޓް ވެސް ގެންދިޔައީ 21-13، 21-13 އިންނެވެ. ކޮލިފައިންގެ ފައިނަލަށް ރާއްޖެ ދަތުރު ކުރީ ސިންގަޕޫރާއި މެލޭޝިއާ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވުުމުން މެޗުތަކުގައި ސްކޯރިން ރޭޝިއޯ އަށް ބަލައިގެން މެލޭޝިއާ އާއި ސިންގަޕޫރުގެ ޕެއާ އަށް ވުރެ ރާއްޖޭގެ ސްކޯރިން ރޭޓް ރަނގަޅުވުމުންނެވެ.

ކޮމަންވެލްތު ގޭމްސްގެ ބީޗު ވޮލީގެ ފިރިހެން ޑިވިޝަންގައި ވާދަކުރާ ގައުމުތައް

ކޮމަންވެލްތު ގޭމްސްގެ ބީޗު ވޮލީގެ ފިރިހެން ޑިވިޝަންގައި ވާދަކުރާ ގައުމުތައް

ރާއްޖެ އާއި މެލޭޝިއާ އަދި ސިންގަޕޫރަށް މޮޅުވީ އެއް މެޗުންނެވެ. ތިން ޓީމު އެއްވަރުވުމުން ބެލީ ޕޮއިންޓް ރޭޝިއޯ އަށެވެ. ޕޮއިންޓް ރޭޝިއޯގައި ރާއްޖެއަށް ލިބުނީ 1.0796 ރޭޝިއޯއެކެވެ. މެލޭޝިއާގެ ޕެއާ އަށް ލިބުނީ 0.8512 ގެ ޕޮއިންޓް ރޭޝިއޯއެކެވެ. ސިންގަޕޫރަށް ލިބުނީ 0.7719 ގެ ޕޮއިންޓް ރޭޝިއޯ އެކެވެ.

ރާއްޖެއިން މޮޅުވީ ސިންގަޕޫރުގެ ޕެއާ އާދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެޑަމް އާއި ކުޑަ ކާއްޓޭ ވަނީ ސިންގަޕޫރުގެ ޓެއޯ ޒި ހާއޯ އާއި ރޭ މެންގްގެ ޕެއާ ބަލިކޮށްފަ އެވެ. ރާއްޖޭގެ ޕެއާ އެ މެޗު ކާމިޔާބު ކުރީ 21-12 އަދި 21-8 ންނެވެ. އެޑަމް އާއި ކާއްޓޭ ވަނީ މެލޭޝިއާގެ ޝޯން ޝަޔަންގް އާއި ސިމް ޖިއާން ޝިން އަތުން ބަލިވެފަ އެވެ. ޝޯން އާއި ސިމް މެޗު ކާމިޔާބު ކުރީ 21-19 އަދި 21-18 އިންނެވެ.

ވީއޭއެމުން ބުނީ ގޭމްސްގައި ވާދަ ކުރާނެ ޓީމު ފައިނަލް ކުރާނީ ގައުމީ ކޯޗު ބްރެޒިލްގެ ވިނީޝިއުސް ކަމަށެވެ.

ޓީމުގައި ހިމެނާނެ ކުޅުންތެރިން އަދި ފައިނަލެއް ނުކުރަން. އަކަން އޮންނާނީ ކޯޗުގެ އަތްމައްޗަށް ދޫކޮށްލާފައި،" ވީއޭއެމްގެ އޮފިޝަލް

ޖުލައި 28 ން އޯގްސްޓް 8 ގެ ނިޔަލަށް ކުރިއަށްދާ ގޭމްސް އަކީ އެކި ބައްރުތަކުގެ ގައުމުތައް ބައިވެރިވެގެން ދުނިޔޭގައި ބާއްވާ ދެވަނަ އަށް އެންމެ ބޮޑު ގޭމްސް އެވެ. ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމު ވެސް ވަނީ ގޭމްސް އިން ފުރުސަތު ލިބިފަ އެވެ.