Roadha Mihaaru
އަނބިމީހާ ބަންޑުންކޮށްލީ ސަންޖޭ ދަތަށް އޮތް ލޯބި

އެނިވާސަރީގައި އަނބިމީހާ ބަންޑުންކޮށްލީ ސަންޖޭ ދަތަށް އޮތް ލޯބި

12 ފެބުރުއަރީ 2022

ބޮލީވުޑްގެ ތަރި ސަންޖޭ ދަތުގެ އަނބިމީހާ، މަންޔަތާ އަކީ ސަންޖޭގެ އެންމެ ބޮޑު ސަޕޯޓް ސިސްޓަމެވެ. ހަޔާތުގެ އުފާވެރި އަދި ހިތާމަވެރި ދުވަސްތަކުގައި ވެސް ދެގޮތެއް ނުވެ ހުރީ އޭނާ އެވެ.

ބޮލީވުޑްގެ ތަރި ސަންޖޭ ދަތުގެ އަނބިމީހާ، މަންޔަތާ އަކީ ސަންޖޭގެ އެންމެ ބޮޑު ސަޕޯޓް ސިސްޓަމެވެ. ހަޔާތުގެ އުފާވެރި އަދި ހިތާމަވެރި ދުވަސްތަކުގައި ވެސް ދެގޮތެއް ނުވެ ހުރީ އޭނާ އެވެ.

އެމީހުންގެ ކައިވެންޏަށް އިއްޔެ 14 އަހަރުވުމާ އެކު އަނބިމީހާ ވަނީ ސަންޖޭއަށް އޭނާގެ ހިތުގައި އޮތް ލޯބި ބަންޑުންކޮށްލައިފަ އެވެ.

ސޯޝަލް މީޑިއާގައި މަނާޔަތާ އާންމުކުރި ވީޑިއޯގައި ފެންނަނީ ސަންޖޭ އޭނާގެ އަންހެނުންނަށް ފޫޓް މަސާޖެއް ދެނިކޮށެވެ. ހުދު ކުލައިގެ ކުރުތާއެއްގައި ހުރި ސަންޖޭ މަސާޖެއްދޭ ވީޑިއޯ އާންމުކޮށް އޭގެ ކެޕްޝަންގައި މަނާޔަތާ ލިޔެފައި ވަނީ އޭނާގެ އެންމެ "ބެސްޓް" ދުވަސްތަކަކީ ސަންޖޭއާ އެކު ހޭދަކުރާ ދުވަސްތައް ކަމަށާއި އިންތިހާއަށް ލޯބިވާ ކަމަށެވެ.

ސަންޖޭ އާއި މަންޔަތާ ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ފަހުންނެވެ. އުމުރުން 62 އަހަރުގެ ސަންޖޭ ވަނީ މީގެ ކުރިން ވެސް ދެ ކައިވެންޏެއް ކޮށްފަ އެވެ. އެކަމަކު މިއީ 43 އަހަރުގެ މަންޔަތާގެ ފުރަތަމަ ކައިވެންޏެވެ. އެމީހުންނަށް މިހާރު ދެ ކުދިން ވެސް ލިބިފައިވެ އެވެ.